ކޯލިޝަން ދަމަހައްޓާ ރައީސް ޞާލިޙްއާއެކު ހުންނާނަން: ރައީސް މައުމޫނު

ވެރިކަންކުރާ ކޯލިޝަން ރޫޅުނަ ނުދީ ހިފެހެއްޓުމަށް ކުރެވެންހުރި މަސައްކަތެއް ކުރައްވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއިއެކު ހުންނަވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ގޮނޑި ބަހާނެގޮތާއިމެދު އެއްބަސް ނުވެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަހުގެ ހަމަލާތައް އެމްޑީޕީއަށް އަމާޒުެވެ ކޯލިޝަން ރޫޅިދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވިޓެއްގައި މިއަދު ނާނޫނު ނަގަހައްޓާ ރަނގަޅު ވެރިކަމެއް ކޮށްދެއްވުމަށް ރައީސް ޞާލިޙްއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައެވެ.As one of the coalition partners, MRM will work tirelessly towards strengthening the 4-party coalition and continue to fully support President @ibusolih in safeguarding the rule of law and good governance in Maldives.— Maumoon Abdul Gayoom (@maumoonagayoom) January 24, 2019މީގެ އިތިުރުން ކޯލިޝަން ދެމެހެއްޓުމަށް މައުމޫން ރިފޯމް މޫމެންޓުން ބުރަ މަސައްކަތެއް ކުރާނެކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޯލިޝަންގެ ތެރޭގައި މައްސަލަތައް އުފެދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާވިޔަސް ކޯލިޝަން ހެދުމަށް ތައްޔާރަށް ހުންނެވިކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅުންވެސް އަންނަނީ ގާސިމާއެކު މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.
ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވިދާޅުވީ ގާސިމް ރައީސް ޔާމީނާ ކޯލިޝަން ނުހައްދަވާނެކަމުގެ ފުރިހަމައަށް ޔަގީން ކުރައްވާ ކަމުގައެވެ. އަދި ކޯލިޝަން ނުރޫޅޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ