ރައީސް މައުމޫން އަށް އަބަދުވެސް އިޙްތިރާމާއި ޝުކުރު އޮންނާނެ: މަހުލޫފް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބާނީ އަދި ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް އަށް އަބަދުވެސް އިޙްތިރާމާއި ޝުކުރު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވީ ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
PPM ge aharee dhuvahuge thahuniyaa PPM ge Raees @maumoonagayoom ashaai enmehaa membarunnah ariskuran. PPM ge logo husha’alhaa adhi party ufehdhumuga masahkaiy kohdhevuneethee ufaakuran. Raees Maumoon ah alhuganduge ikthiraam aai shukuru abadhuves onnaane. pic.twitter.com/xyKr0p8M56
— Ahmed Mahloof (@AhmedMahloof) October 27, 2018
އެ ޓްވީޓްގައި މަހުލޫފް ވަނީ ޕީޕީއެމްގެ އަހަރީ ދުވަހުގެ ތަހުނިޔާ، ޕާޓީގެ ޙަޤީޤީ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަށާއި ޕާޓީގެ ހުރިހާ މެމްބަރުންނަށް އަރިސްކޮށްފަ އެވެ.
އަދި ޕީޕީއެމްގެ ލޯގޯ ހުށަހަޅާ، ޕާޓީ އުފެއްދުމުގައި މަސައްކަތް ކޮށްދެއްވުނީތީ އުފާކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.
"ރައީސް މައުމޫން އަށް އަޅުގަނޑުގެ އިޙްތިރާމާއި ޝުކުރު އަބަދުވެސް އޮންނާނެ"، މަހުލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ޕީޕީއެމް އަކީ ރައީސް މައުމޫން އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެހެންނަމަވެސް ޕާޓީ ތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން، ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން މައުމޫން ވަނީ ވަކިކުރައްވާފައެވެ.
އަދި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމަށްފަހު ބޭއްވި ކުއްލި ކޮންގްރެސްއެއްގައި ޕާޓީގެ އާ ރައީސަކަށް، މައުމޫންގެ އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަނީ އިންތިޚާބުކޮށްފަ އެވެ. އެހެންނަމަވެސް ޕީޕީއެމް އިން ކޮންގްރެސް ބޭއްވީ ބައެއް އިޖުރާޢަތުތައް ފުރިހަމަނުކޮށް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން އިން ވަނީ ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ