ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް އަލީ އުމަރު އައްޔަނުކޮށްފި

ހުސްވެފައިވާ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އުމަރު އައްޔަނުކޮށްފިއެވެ.
އަލީ އުމަރު މި މަޤާމަށް އަައްޔަނުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަލީ އުމަރު ވަނީ މިކަން ވީ ސްޕޯޓްސްއަށް ކަށަވަރުކޮށްދީފައެވެ.
އަލީ އުމަރު ވަނީ މީގެ ކުރިން އެފްއޭއެމްގެ ހިންގާ ކޮމިީޓީގައިވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިޤު (ޓޮމް) އެފްއޭއެމްގެ ަރައީސަކަށް ހުންނެވި އިރު އޭނާ ވަނީ އެ އިދާރާގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ. އަދި އެފްއޭއެމުގެ އެކްސްކޯ ގައިވެސް އަލީ އުމަރު ވަނީ މަސައްކަތްކޮށްފައެވެ. މީގެ އިތަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގައިވެސް އޭނާ މަސައްކަތް ކުރައްވާފަވެއެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ނަޝީދު (ޑޭވް) އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ މަޤާމުން އިސްތިއުފާ ދީފައެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް އަކީ ކުޅިވަރުތަކުގެ ބެލެނިވެރި ފަރާތެވެ. އަދި އެ ކޮމިޝަނަކީ ގިނަ ބާރުތަކެއް ދީފައިވާ ކޮމިޝަނެކެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް އަލީ އުމަރު އައްޔަނުކުރި އިރު އޭނާ އަކީ ފުޓުބޯޅައިގެ މައިދާނުގައި ކާމިޔާބު ކުޅުންތެރިއެކެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މޮޅު ކުޅުމެއް ދެއްކި އަލީ އުމަރު ފުޓުބޯޅަ ކުޅުން ހުއްޓާލީ މީގެ ތިން އަހަރު ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ