މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018 ހުޅުވައިފި

ގޯތިގެދޮރުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ޚާއްސަކޮށްގެން ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018 ފަށައިފި އެވެ.
ތިން ދުވަހުގެ މުއްދަތަށް އާޓް ގެލަރީގައި ކުރިއަށްދާ މޯލްޑިވްސް ލިވިންގް އެކްސްޕޯއަކީ ހައިރައިޒުން ބާއްވާ މީގެ ހަވަނަ އެޑިޝަނެވެ.
ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ސްރީލަންކާގެ މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީ ކޮލޮމްބޯ ސިޓީ ސެންޓަރ އެވެ. ކޯ ސްޕޮންސަރުންނަކީ މާލޭ ރަސްފަންނުގައި ތަރައްގީކުރާ ކޮރަލް ބޮލެވާޑާއި، ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާ އެވެ.
ލިވިންގ އެކްސްޕޯ އާއި ގުޅޭގޮތުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ، މިފަހަރުގެ ލިވިންގ އެކްސްޕޯގައި ރައްޖޭގެ އިތުރުން ބޭރުގެ ގިނަ ކުންފުނިތަކަކުން ބައިވެރިވެފައިވާ ކަމަށެވެ.
ޝާމިން ވިދާޅުވީ ލިވިންގ އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ބޭއްވުމަށް ހަމަޖެހިފައިވަ ކަމަށާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މުނި ހޯމްކެއާ އަދި ލިންޓެލް އިންވެސްޓްމަންޓް އެންޑް މެނޭޖްމަންޓް ސާވިސްގެ ފަރާތުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ބެޑްރޫމް ސެޓު، ސޯފާ ސެޓު އަދި ޑައިނިންގ ޓޭބަލް ފަދަ އަގުހުރި އިނާމުތައް ހިމެނޭ ކަމަށް ޝާމިން ވިދާޅުވި އެވެ.
ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މައުރަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ