ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި ފުއާދު ގާސިމް އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޗްޑީސީގެ ޗެއާމަންގެ މަގާމުން ފުއާދު ވަކިކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ފުއާދު ހުންނެވި މަގާމަށް އަދި އިތުރު ބޭފުޅަކު ހަމަޖައްސާފައި ނުވާ ކަމަށްވެސް ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ފުއާދު އައްޔަންކުރެއްވީ މިސަރުކާރުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރެއްވުމަށްފަހު 2016 ވަނަ އަހަރުގެ މާޗް މަހުގެ ތިންވަނަ ދުވަހު އެވެ.
ތައުލީމީ ދާއިރާގައި މީގެ ކުރިން ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފުއާދު ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމުން ފުއާދު ވަކިކުރެއްވި ނަމަވެސް، ވަކިކުރެއްވި ވަކި ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެޗްޑީސީގެ ޗެއާމަން ފުއާދު ގާސިމް މަގާމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ