ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ގައުމީ އެއަރލައިން، އިއްތިހާދު އެއަރވޭޒްގެ ކާގޯ ޑިވިޜަން، އިއްތިހާދު ކާގޯގެ ބޮއިންގ 777 ގެ މުދާއުފުލާ މަތިންދާ ބޯޓަކަށް މުދާއަރުވަނީ. 
އިއްތިހާދު ކާގޯއިން މިއަދުވަނީ، އިންސާނީ އެހީގެ ސާމާނާއިގެން މި ރަމަޟާންމަހު އެ އެއަރލައިނުން ކުރާ ފުރަތަމަ ދަތުރަށް ފުރާފައި. މިދަތުރުގައި އިއްތިހާދު ކާގޯއިން އިންސާނީ އެހީގެ ސާމާނު ގެންދިއުމަށް ހަމަޖެހިފައިވަނީ ކަޒަކްސްތާނުގެ އިތުރުން، އިންޑިއާއަށް. ހިލޭއެހީއަށް ބޮޑަށް ބޭނުންޖެހިފައިވާ ނިކަމެތީންނަށް ބެހުމަށް އިންސާނީ އެހީގެ ސާމާނު ހިފައިގެން އިއްތިހާދު ކާގޯ މަތިންދާ ބޯޓު އަބޫދާބީން ފުރައިގެން ފުރަތަމަ ދާނީ ކަޒަކްސްތާނުގެ އަލްމަޓީއަށް. އޭގެފަހުން ދާނީ އިންޑިއާގެ ހައިދަރުއާބާދަށް.
އިއްތިހާދު ކާގޯއިން އިންސާނީ ހިލޭއެހީ ހިފައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މުޅި އަހަރުތެރޭގައި ދަތުރުކުރޭ. ނަމަވެސް، މިއީ ރަމަޟާންމަހުގެ ތެރޭގައި ފެށި ފުރަތަމަ ދަތުރު. 
އިއްތިހާދު ކާގޯއިން ކުރަމުންދާ އިންސާނީ އެހީގެ ދަތުރުތަކަކީ ޚަލީފާ ފައުންޑޭޝަނާއި، ރެޑް ކްރެސެންޓާއި، ހިޒް ހައިނަސް ޝައިޚް ސުލްތާން ބިން ޚަލީފާ އަލް ނަހްޔާން ހިއުމަނިޓޭރިއަން އެންޑް ސައިންޓިފިކް ފައުންޑޭޝަން ގުޅިގެން ކުރާ ދަތުުރުތަކެއް ކަމަށް އިއްތިހާދު އެއަރވޭޒްއިން ނެރުނު ބަޔާނެއްގައި ބުނެފައިވޭ!
    
    ފޮޓޯއިން ޚަބަރު: އިއްތިހާދު ކާގޯ އިންސާނީ އެހީއާއިގެން ފުރަތަމަ ދަތުރަށް ފުރުން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ