ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބަންދުގައި ބަހައްޓަން މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމަށް ގާސިމް އިބްރާހީމް ހައިކޯޓަށް ހާޒިރުކޮށްފި އެވެ.
ގާސިމްގެ ބަންދަށް މުއްދަތު ޖެހި މައްސަލައިގެ އިސްތިއުނާފް ޝަރީއަތަށް ވަނުމަށް ފުުރުސަތު ދީފައިވަނީ ގާސިމްގެ ގާނޫނީ ޓީމަށާއި އާއިލާގެ ބޭފުޅުންނަށާއި ދައުލަތުގެ ވަކީލުންނަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ގާސިމް އިބްރާހީމް ބަންދުގައި ބަހައްޓަން މުއްދަތު ޖެހި މައްސަލަ އިސްތިއުނާފް ކުރުމަށް ކްރިމިނަލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުމުން މިމައްސަލަ ބަލައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ދެކޮޅު ހަދާފަ އެވެ. ނަމަވެސް ގާސިމް އިބްރާހީމްގެ ގާނޫނީ ޓީމުން މިމައްސަލާގައި ހައިކޯޓަށް ދިއުމުން އިސްތިއުނާފް ކުރުމުގެ އިޖުރާތު ފުރިހަމަވާނީ ކްރިމިނަލް ކޯޓު މެދުވެރިކޮށް މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކަަމަށް އެންގި ކަމަށާއި މިއަދު އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި ފަށަނީ މިމައްސަލަ ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ކުރެވުނު މަސައްކަތުން ކަމަށް ގާނޫނީ ޓީމުން މިއަދު ވަނީ ބުނެފަ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އިޝާ ނަމާދު ވަގުތާ ދިމާކޮށް އެމަނިކުފާނުގެ އަމިއްލަގެ، މާފަންނު ވިލާގައި ހުންނަވަނިކޮށެވެ. އަދި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ބަންދަށް ހަ ދުވަސް ދިނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.
ގާސިމް އިބްރާހީމް ހައިކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ