ސިފައިންގެ 125 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ އާއިލީ ހަވީރެއް މާދަމާ ރަސްފަނު ބީޗް ގައި ބާއްވަން ހަމަޖައްސައިފި އެވެ.
ދެދުވަހުގެ މުދަތަ ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ހަވީރު ހުކުރު ދުވަހާއު ހޮނިހިރު ދުވަހު ކުރިއަށް ގެންދާނެއެވެ. މިހަވީރު ފެށޭނީ މާދަމާ ހަވީރު 16:00 ޖަހާއިރު ބާއްވާ ހާއްސަ ރަސްމިއްޔާތަކުންނެވެ.
މިހަވީރުގައި ހިމެނޭ ކުޅިވަރުތަކުގެ ތެރޭގައި ރަށްފުށުގެ ދިރިއުޅުމުގެ އެހާރާއި މިހާރާއި ދައްކުވައިދޭ ކަންތައްތަކާއި އަދި ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ވަރަށް ހާއްސަ ކުޅިވަރުތަކެއް ހިމެނެއެވެ.
އަދި މިހަވީރުގެ ތެރެއިން ސިފައިންގެ މަސައްކަތް ދަކުވައިދޭ ސްޓޯލް ތަކެއްވެސް ހިމެނޭނެއެވެ. މިއީ އާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ހަަވީރެކެވެ.
ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ އާއިލީ ހަވީރު މާދަމާ ރަސްފަނުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ