ސުޕްރީމް ކޯޓުގެ ހުކުމާއި ދެކޮޅަށް މަސައްކަތް ކުރާ އަދި އެފަދަ ފަރާތްތަކަށް އެއްބާރުލުން ދޭ ފަރާތްތަކާއި ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ހޯމް މިނިސްޓްރީން އިންޒާރުކޮށްފި އެވެ.
ކުއްލި ގޮތަކަށް މިރޭ ހޯމް އިންޓެރިމް މިނިސްޓަރު އަހުމަދު ޝަފީއު ދެއްވި ކުރު ސްޓޭޓްމެންޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރާ އަމުރަކާ ނުވަތަ ހުކުމަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް އިންތިހާބާއި ގުޅޭގޮތުން ހުށަހެޅި މައްސަލަ އާއި ގުޅިގެން ކޯޓުން ނެރުނު އަމުރު ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ނަގަހައްޓާނެ ކަމަށެވެ.
"މިފުރުސަތުގައި ދަންނަވާލަން، ސުޕްރީމް ކޯޓުގެ ހުކުމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އަދި އެއްބާރުލުން ދިނުމަކީ ގާނޫނީ ކުށެއް. އެފަދަ ފަރާތްތަކާއިމެދެ އަޅަންޖެހޭ ފިޔަވަޅު އަޅާނަން،" ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރާ ހުކުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް ތަންފީޒު ކުރުން ލާޒިމް ކަމެއް ކަމަށާއި އަދި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ރައްޔިތުން ވެސް އަމުރަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ހޯމް މިނިސްޓްރު ބަޔާނެއް ދެއްވާފައި މިވަނީ އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެފައިވަނިކޮށެވެ. އެހެން ނަމަވެސް ކޮމިޝަނުގެ ނައިބް ރައީސް އަހުމަދު ފަޔާޒު ވަނީ އެކަން ދޮގު ކުރައްވާފައި އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އިންޒާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ