މުޙައްމަދު ޖިނާޙް އަލީ
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ ހުރިހާ މައްސަލައެއް ބެލެންނެތްކަމަށް ބުނެ މިއަދު ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ނާޒިމްގެ ހުރިހާ މައްސަލައެއް ކޯޓުން ބޭރުކޮށްލާފައިވަނީ ބަނދަރު ބައްތިތަކެއް ގަތުމުގައި ކުރީގެ އެޓޯލްސް މިނިސްޓްރީން ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނިކޮށްށެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިހުގައި ގާޒީ ސައީދު އިބްރާހީމް ހުކުމް އިއްވަމުން ވިދާޅުވެފައިވަނީ ނާޒިމް ބުނެގެން ބަޔަކު ޖިނާއީ ކުށެއް ކުރުމަކީ ނާޒިމްގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެދައުވާއަކީ ނާޒިމްގެ މައްޗަށް ކުރެވޭނެ ދައުވާއެއް ވެސް ނޫންކަމަށެވެ.
މަކަރާއި ހީލަތްހެދުމުގެ ހަތަރު ދައުވާއެއް ޕީޖީ އޮފީހުން ނާޒިމްގެ މައްޗަށް އުފުލާފައިވެއެވެ. އެއީ އެޓޯލްސް މިނިސްޓްރީން 15،000 ގައުމީ ދިދަ ގަތުމަށް އިއުލާންކުރުމުން އެޕްރޮޖެކްޓުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ ކަންތައްތަކެއްގެ ދެދައުވާ އާއި ހޮޅިދަނޑިތަކެއް ގަތުމަށް އިއުލާންކުރުމުން ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަންގެ ކަންތައްތަކެއްގެ މައްސަލައިގައި ކުރާ ދެދައުވާއެކެވެ. މިހުރިހާ މައްސަލައެއް ވެސް މިއަދު ވަނީ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައެވެ.
ކުންފުންޏަކުން ކޮށްފައިވާ ހިޔާނާތުގެ އަމަލެއްގެ ސަބަބުން އެކުންފުނީގެ ހިއްސާދާރުންނަށް ދެކޮޅަށް ދައުވާނުކުރެވޭނެކަމަށް ބުނެ ނާޒިމްގެ ހުރިހާ މައްސަލަތަކެއް ކޯޓުން ބޭރުކޮށްފައިވީ ނަމަވެސް ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާގެ ހިއްސާ އޮންނަ ކުންފުންޏެއްގައި އޮތް ސާބިތު ދަރަނީގެ މައްސަލައެއް ސާބިތުވެފައިވާތީ އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނާޒިމްގެ އެއްވެސް މައްސަލައެއް ނުބެލޭނެކަމަށް ބުނެ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ