ކްރިކެޓް ހަވީރު މާދަމާ ރޭ

ހުސްވި އަހަރުގެ ކްރިކެޓްގެ އެކިއެކި ވަނަތަކަށް އިނާމް ދިނުމަށް ބާއްވާ ކްރިކެޓް ހަވީރު މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވާ މި ހަވީރުގައި މިދިޔަ އަހަރު ކްރިކެޓަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒްނަކުރުމުގެ ފިލާދިނުން ވެސް ބާއްވާނެ އެވެ. މީގެ ތެރޭގައި ކްރިކެޓްގެ ސްޕޮންސަރުންނާއި ކްރިކެޓް ހަބަރުތައް އެންމެ ރަނގަޅަށް ގެނެސްދިން ފަރާތްތަ ހޮވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން މިއަހަރުގެ ރަމަޒާން ކްރިކެޓް ކާނިވަލް ސްޕޮންސާ ކޮށްފައިވާ އަލޯރާ އާއި ކްރިކެޓް ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ސްޕޮންސަރކުރި އެސްޓީއޯއާއެކު ސްޕޮންސާޝިޕް އެގްރީމަންޓްގައި ސޮއި ކުރުންވެސް އޮންނާނެ އެވެ. ހަފުލާ ޝަރަފުވެރިކޮށްދެއްވާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އަލްފާޟިލް އިބްރާހިމް އިސްމާޢީލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ