އިންޓަ ސްކޫލް ބާސްކެޓް: ދެ އުމުރުފުރާއެއްގެ ފައިނަލުގައި ބައްދަލުކުރާ ޓީމްތައް ކަށަވަރުވެއްޖެ

18ވަނަ މައިލޯ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގެ ދެ އުމުރުފުރާއެއްގެ ފައިނަލުގައި ބައްދަލުކުރާ ޓީމްތައް ކަށަވަރުވެއްޖެ އެވެ.
މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި މަޖީދިއްޔާ ސުކޫލާއި ގާޒީ ސުކޫލް ބައްދަލުކުރަން ޖެހޭއިރު މި ބައިގެ އަންހެން ފައިނަލުގައި ބައްދަލުކުރާނީ އިމާދުއްދީން ސުކޫލާއި ކަލާފާނު ސުކޫލާއެވެ.
މި މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި ޖަމާލުއްދީން ސުކޫލާއި އިމާދުއްދީން ސުކޫލް ބައްދަލުކުރާއިރު މި ބައިގެ އަންހެން ފައިނަލުގައި ބައްދަލުކުރާނީ އިމާދުއްދީން ސުކޫލާއި ކަލާފާނު ސުކޫލެވެ. 12 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިން ވަނަ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލް ހޯދިއިރު އަންހެން ބައިގެ ތިންވަނަ ޓީމަކަށް ހޮވުނީ ލާލޭ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދަރުމަވަންތަ ސުކޫލާއި ގިޔާސުއްދީން ސްކޫލު ބައްދަލުކުރާއިރު ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މަޖީދިއްޔާ ސުކޫލާއި އިމާދުއްދީން ސުކޫލެވެ.
މި އުމުރުފުރާގެ އަންހެން ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިމާދުއްދީން ސުކޫލާއި އަމީނިއްޔާ ސުކޫލް ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލެވެ.
މިމުބާރާތުގައި އަންހެން 22 ޓީމް ވާދަކުރާއިރު، ފިރިހެން 25 ޓީމް ވާދަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ