އަށް އަތޮޅަކަށް އިތުރަށް މޫސުން ގޯސްވެއްޖެ

އަށް އަތޮޅަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އިން ހުދު ސަމާލު ނެރެފައި ވަނީ، ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ.
އެ ސަމާލުގައި ބުނެފައި ވަނީ، މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.
މިއަދު ހެނދުނު 11 ޖެހިއިރު. ރާއްޖޭގެ 12 އަތޮޅަކަށް މެޓް އޮފީހުން ހުދު ސަމާލު ނެރުނެވެ.
މިއަދު ހަވީރުގެ ނިޔާލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ހިސާބުތަކަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ