ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ސަސްޕެންޑުވާން ބޭނުންފުޅު ނޫންނަމަ ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށް ލާންކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ދައުވާ ކުރެވުނު ހިސާބުން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކުރާން ކަމުގެ ކަށަވަރުކަން ހޯދަން މަސައްކަތްކޮށްފައި ކަމަށެވެ. އަދި ނޮވެމްބަރު 4 ވަނަ ދުވަހު ހައިލަމް އަށް ގުޅާ، ރައީސް ޔާމީނަށް ހުކުމް ކުރާނެކަމުގެ ޔަޤީންކަން ނުދީފިނަމަ މޭއި މަސްތެރޭ އަލްހާން ފަހުމީ އަތުން 2 ލައްކަ ރުފިޔާ ހޯދި މައްސަލައެއް ބަލާނެ ކަމަށާއި ސަސްޕެންޑު ކުރާނެކަމުގެ ބިރުވެސް ދެއްކި ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި މިގޮތަށް ސަރުކާރުން ނުފޫޒު ފޯރުން އުޅުނުކަން މިހާރު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށްވެސް އެނގިވަޑާއިގަންނަވާނެކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި ސަސްޕެންޑު ވާން ބޭނުންފުޅު ނޫންނަމަ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށް ދިނުން ނޫން ގޮތެއް ނެތްކަން މިހާރު އެނގިވަޑައިގަންނަވާނެކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ. ހައިލަމް ވިދާޅުވެފައިވާ ގޮތުގައި ހައިލަމް އަލްހާން ފަހުމީ އަތުން 2 ލައްކަ ރުފިޔާ ހޯއްދެވި ކަމަށާއި އަލްހާން އަކީ މާ ކުރިންވެސް ގާތް ރަހުމަތްތެރިއެއް ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އަލްހާންގެ އެއްވެސް މަސްލަހަތެއް އޮތް މައްސަލައެއް ދުވަހަކުވެސް ބަލާފައި ނުވާނެ ކަމަށާއި އަލްހާން އަކީ އެއްވެސް މައްސަލައެއްގައި ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ހައިލަމް ފާހަގަކުރެއްވިއެވެ. އަދި މި ފައިސާގެ މުއާމަލާތުގައި ޖިނާއީ އެއްވެސް މައްސަލައެއް ނެތްކަމަށް ފުލުހުންގެ އިސްވެރިއަކުވެސް ވިދާޅުވެފައިވާކަމަށް ހައިލަމް ވިދާޅުވިއެވެ. ޖުޑިޝަލސް ސާވިސް ކޮމިޝަނުން ހައިލަމް ސަސްޕެންޑު ކުރީ ކޮމިޝަނުން ހައިލަމް ގެ ސުލޫކީ މައްސަލައެއް ބަލަންވެގެން ކޮމިޝަނަށް ހައިލަމް ހާޒިރުވާން އެންގުމުން ހާޒިރު ނުވިކަމަށް ބުނެއެވެ. ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމީންގެ ޝަރީއަތް ފެށެން 5 ގަޑިއިރަށް ވެފައި ވަނިކޮށެވެ. ޖޭއެސްސީއިން ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ، ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔަން ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ފޮނުއްވި ފޮޓޯއެއްގައި ރައީސް ސޯލިހް އަދި ރައީސް ނަޝީދު ގެ ކަރުގައި ޗޭނެއް ޖަހައިގެން 3 ނޮވެމްބަރުގެ ބަތަލު ޝަހީދު ހުސެއިން އާދަމް ދަމާފަ ގެންދާ މަންޒަރު ރަމްޒުކޮށްދޭ ގޮތަށް ހުރުމުގެ ސަބަބުންނެވެ. އެ މައްސަލައާއި ގުޅިގެން ހައިލަމް ވަނީ މާފަށް އެދި ބަޔާނެއް ނެރެފައެވެ. އަދި އެ މައްސަލައިގައި ހައިލަމްގެ ޖަވާބަކީ އެ ބަޔާންކަމަށް ބުނެ ހައިލަމް ވަނީ ޖޭއެސްސީއަށް ސީޓީއެއް ފޮނުއްވާފައެވެ. ނަމަވެސް ޖޭއެސްސީ އިންވަނީ ހައިލަމް ސަސްޕެންޑުކޮށްފައެވެ
މިލިޔުން ކިޔާލުމުން
13 %
އުފާވި
14 %
ދެރަވި
39 %
ރުޅިއައި
34 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އިންސާނާ
ދެން ކީއްވެތަ ޖާބިރުއެހާ ފާޅުގަ އިބްރާހިމް މުހައްމަދު ސޯލިހަކީ ވަގެކޭ އެމްއެމްޕީއާރުސީގެ ފައިސާއިން ރިށްވަތުހިފިއޭ ބުނީމާ ޖަވާބުދާރީނުކުރެވިލަސްވަނީ ތީއަރަތެއްދޯ
REPLY
ގާޒީ އަލީ ރަޝީދު ސަސްޕެންޑުވާން ބޭނުން ނޫންނަމަ ޖެހޭނީ ޔާމީން ޖަލަށް ލާން: ހައިލަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ