ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އަންނަ ގދ. ކާދެއްދޫ އެއާޕޯޓުން ކަރަންޓް ކެނޑިއްޖެއެވެ.
އެ އެއާޕޯޓުން ކަރަންޓް ކެނޑިފައި ވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެންނެވެ. މިހާރު އެއާޕޯޓުގެ އެއްވެސް ހިސާބެއްގައި ކަރަންޓެއް ނެތެެވެ.
ރީޖަނަލް އެއާޕޯޓްގެ ޑިރެކްޓަރ ސާމީ އަގީލް "ވަގުުތު"އަށް ވިދާޅުވީ، އެ އެއާޕޯޓުން ކަރަންޓް ކެނޑުނީ އެ އެއާޕޯޓަށް ކަރަންޓް ދޭ ބޮޑު ޖެނެރޭޓަރަށް މައްސަލައެއް ދިމާވެގެން ނިއްވާލުމުން ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އެއްވެސް ހިދުމަތަަކަށް ބުރޫއަރާފައިނުވާ ކަމަށް ސާމީ ވިދާޅުވިއެވެ.
އެއާޕޯޓުން ކަރަންޓް ކެނޑުމުން ކަރަންޓް ދެމުން ގޮސްފައި ވަނީ ސްޓޭންޑްބައިގައި ހުރި ޖެނެރޭޓަރުންނެވެ.
އެ އެއާޕޯޓަކީ ގިނައަދަދެއްގެ ފަތުރުވެރިން އަންނަ އެއާޕޯޓެކެވެ. އަދި އެއީ ގދ އަތޮޅުގެ ރިސޯޓްތަކަށް ފަތުރުވެރިން އަންނަ ހަމައެކަނި އެެއާޕޯޓެވެ.
ކާޑެއްދޫ އެއާޕޯޓުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ