ވަގަށް ނަގާފައި ކަރަންޓް ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ  ކަރަންޓު ސާމާނުތަކަކާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 36 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން  ރޭ ދަންވަރު 03:00 ހާއިރު ކަޅުތުއްކަލާ ކޮށި ކައިރިން ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިމީހާގެ ހަށިގަނޑާއި، އޭނާ އެވަގުތު ހުރި ސަރަޙައްދު ބަލައިފާސްކުރިއިރު، އެސަރަޙައްދުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް 2 ބުރުމާއަކީ ބެޓަރި 4  ބުރުމާއަކާއި ސޭންޑަރަކާއި ސަރކިއުލަރ އަކާއި ފޯމަރެއްގެ އިތުން ބުރުމާ ބެޓަރި ޗާޖަރަކާއި އެޓަޕްޓަރެއް ފެނިފައިވާ ކަމަށް، ފުލުހުން ހާމަކުރެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ވައްކަމާއި މަސްތުވާތަކެއްޗާއި މާރާމާރީގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް، ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ