ކޮވިޑް-19ގެ އާލާސްކަންފުޅުން ރައީސް މައުމޫނު ފަސޭހަފުޅުވެއްޖެ

ކޮވިޑް-19ގެ އާލާސްކަންފުޅު މުޅިން ފަސޭހަފުޅުވެ ހޮސްޕިޓަލުން ދޫކޮށްލެއްވުމުން ރައީސް މަޢުމޫނު މިއަދު ގެކޮޅަށްވަޑައިގެންފިއެވެ.
އާލާސްކަންފުޅުން ފަސޭހަފުޅުވިކަން ހާމަކުރައްވައި ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެކޮޅަށް ވަޑައިންފައިވާ ކަމަށާއ، ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ އެކިއެކި ބަލިތައް ތަޙަންމަލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫނު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ ހުސްވި އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގައެވެ. އެމަނިކުފާ ހޮސްފިޓަލްގައި ހޭދަކުރެއްވި މުއްދަތުގައި ވަނީ އާދަޔާ ހިލާފު މެސެޖުތަކެއްވެސް ދެއްވަވާ ފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ