ސްރީލަންކާއަށް ބަދަލުގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ދޭން ތެޔޮ ޓޭންކަރުން އެއްބަސްވެއްޖެ

ސްރީލަންކާ ކައިރިން ދަތުރުކުރަނިކޮށްް މި މަހުގެ ކުރީކޮޅު އަލިފާން ރޯވި ތެޔޮޮ ޓޭންކަރުގެ ވެރި ފަރާތުން ބަދަލުގެ ގޮތުގައި ސްރީލަންކާއަށް 340 މިލިއަން ސްރީލަންކަން ރުޕީސް (1.8 މިލިއަން އެމެރިކާ ޑޮލަރު) ދޭން އެއްބަސްވެއްޖެއެވެ.
ސްރީލަންކާގެ އެޓާނީ ޖެނެރަލް ޑައްޕުލާ ޑި ލިވޭރާ ވަނީ ޕެނެމާގައި ރަޖިސްޓަރީކޮށް ގްރީސްގެ ޕޯރްޓޯ އެމްޕޯރިއޮސް ޝިޕިންގް އިންކޯޕަރޭޓެޑް އިން ދުއްވާ އެމްޓީ ޑައިމަންޑް ގައި 3 ސެޕްޓެންބަރު ގައި ރޯވި އަލިފާންގަނޑު ނިއްވާލަން ސްރީލަންކާއިން ކުރި ޚަަރަދުގެ ބަދަލު ހޯދަން ފާއިތުވި ހަފުތާގައި ދައުވާކުރައްވާފައެވެ.
އެޓާނީ ޖެެނެރަލްގެ ދައުވާގައި ވާ ގޮތުން ބަދަލު ހޯދަނީ ޓޭންކަރުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށަް 3 ސެޕްޓެންބަރުން 15 ސެޕްޓެންބަރަށް ސްރީލަންކާގެ ވައިގެ ސިފައިންނާއި، ޕޯޓްސް އޮތޯރިޓީއާއި، މެރިޓައިމް އެންވައިރަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އެމްއީޕީއޭ) އިން ކުރި މަސައްކަތުގެ އަގެވެ.
އެމްއީޕީއޭގެ ޗެެއާޕާސަން ދަރްޝަނީ ލަހަންދަޕޫރާ ވިދާޅުވި ގޮތުގައި، ޓޭންކަރުގެ ވެރިފަރާތުން ދައްކަން އެއްބަސްވި ފައިސާ އެ ކުންފުނީގެ ފަރާތުން ދައްކާނީ އެ ޓޭންކަރުގެ އިންޝުއަރެންސް ކުންފުނި ވެސްޓް އޮފް އިންގްލޭންޑް އިންޝުއަރެންސް ސާވިސަސްއިންނެވެ.
ކުވޭތުގެ އަލްއަޙްމަދީ ބަނދަރުން ތެޔޮ ބަރުކޮށްެގެން އިންޑިޔާގެ ޕަރާދީޕް ބަނދަރަށް ދަތުރުކުރަމުން ދިޔަ ޓޭންކަރު ސްރީލަންކާގެ އިރުން ބަޓިކަލޯއާ 122 ކިލޯމީޓަރު ދުރުގައި އޮއްވާ އޭގައި އަލިފާން ރޯވިއިރު، އެ ޓޭންކަރުގައި 2 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ