ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކުގެ 60 ޕަސެންޓް ދިވެހިންނަށް ޚާއްޞަ ކުރަން ގޮވާލައިފި

ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހީންނަށް މަދުވެގެން %60 ވަޒީފާ ޚާއްޞަ ކުރެވޭ ގޮތަށް ވަޒީފާ އާއިބެހޭ ގާނޫނަށް ބަދަލު ގެންނަށް ރައްޔިތުންގެ މަޖިލިސްގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ގޮވައިލަށް ވައިފިއެވެ.
މެމްބަރު ނިހާދު މިހެން ގޮވައިލެއްވީ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުއައިސްފައިވާ ފަރާތްތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށް ވަމުންނެވެ.
އެ ރިޕޯޓަށް ބަހުސް ކުރަށްވަމުން ނިހާދު ވިދާޅުވީ އެ ރިޕޯޓަށް ފުރިހަމައަށް ތާއީދު ކުރަށްވާ ކަމަށާއި، ނަމަވެސް ޕެޓިޝަން ކޮމިޓީގެ ރިޕޯޓުގައި ހިމެނިފައިވާ، ރޭޝިއޯއަށް ދެކޮޅުހައްދަވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑު-19 ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް ބަންދުވެ، އެތައް ހާސް މަސައްކަތްތެރިންނަށް މަސައްކަތް ގެއްލިފައި ވާކަމަށެވެ.
މި ހާލަތުގައި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދިޔަ ބިދޭސީން އަނބުރާ އެބައިމީހުންގެ ޤައުމުތަކަށް ފޮނުވައިލުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށާއި، އަދި ކުންފުނިތަކުގައި ވެސް ވަޒީފާތަކުގައި އުޅޭ މީހުން ފޮނުވައިލުމުގައި ވެސް ދަތިތަކެއް އެބަހުރި ކަން ފާހަގަ ކުރަށްވައި، އޭނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު މަސައްކަތެއް ކޮށް، އެ ބިދޭސީ މަސައްކަތްތެރިން ޤައުމާ ހަމައަށް މިހާރު ފޮނުވި، ނިމެމުންދާ ކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.
މެމްބަރު ނިހާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިމުނު ސަރުކާރުގައި ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކޮށް ވަގު ވިޔަފާރިކޮށް ހިންގުމަށްޓަކައި ގަސްތުގައި ރާވައިގެން ދިވެހިންނަށް %45، ބިދޭސީންނަށް %55 ވަޒީފާތަށް ލިބޭ ގޮތަށް ރޭޝިއޯއަށް ބަދަލު ގެނެސްފައި ވާކަމަށެވެ. އަދި އެއީ މިދިޔަ ދައުރުގައި ހިންގި ވަގު ވިޔަފާރި ހިންގުމަށްޓަކައި އެ ފުރުޞަތު ހޯދަންވެގެން ކުރި ކަމެއްގެ ގޮތުގައި ދެކި ވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެމްބަރު ނިހާދު ވިދާޅުވިއެވެ.
ދިވެހީންގެ ތެރޭގައި ތަޢުލީމު ހޯދައިގެން ތިބި ޤާބިލު، ރިސޯޓުތަކުގެ މެނޭޖަރުކަން ކުރެވޭ، އެކައުންޓެންޓުކަން ކުރެވޭ، އޮޑިޓަރުކަން ކުރެވޭ ފެންވަރުގެ އެތައް ކުދިންނެއް މިއަދު ތިބިކަން ފާހަގަ ކުރަށްވައި އޭނާ ވިދާޅުވީ، އެހެންނަމަވެސް، އެ ކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ވަރަށް ހަނި ކަމަށެވެ. އެހެން ކަމުން ގާނޫނެއްގެ ތެރެއިން ލާޒިމުކޮށްގެން ނަމަވެސް ދިވެހީންނަށް މި ވަޒީފާގެ ފުރުޞަތު ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެސް، މަޖުބޫރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
” ވެއިޓަރުންގެ ގޮތުގައި ރިސޯޓުތަކުގެ ވެއިޓަރުންގެ ގޮތުގައި، ރޫމްބޯއީންގެ ގޮތުގައި، ލޯންޑްރީ އެޓެންޑުންގެ ގޮތުގައި ކޮބައިތޯ ބިދޭސީން ގެންގުޅެންޖެހޭ ސަބަބަކީ؟ އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ. ބިދޭސީމީހާ ވެއިޓަރަކަށް ގެންނައިރުގައި އެ މީހާ ދިވެހި ކުއްޖާއަށް 250 ޑޮލަރު ބޭއިރުގައި، ބިދޭސީ ވެއިޓަރަށް 350 ޑޮލަރު އަދި ސިންގަލް އެކޮމަޑޭޝަން ދީގެން ގެނެސް ބައިތިއްބައިގެން ވަޒީފާ އަދާކުރުވާ ރިސޯޓުތައް ވެސް އެބަހުރި. މިއީ ކަނޑައެޅިގެން އަޅުގަނޑަށް އެނގޭ އަދި ފެނިފައި ހުރި ކަންތައްތައް. ” މެމްބަރު ނިހާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި މޮޅަށް ކިޔަވައިގެން ތިބި އެތައް ޒުވާނުންނެއް މިއަދު އެފަދަ އެތައް ވަޒީފާތަކެއް ނުލިބިފައި އެބަ ތިބި ކަމަށެވެ.
މެމްބަރު ނިހާދު ވިދާޅުވިއެވެ.
ދިވެހިންނަށް ވަޒީފާ އަދާކުރެވޭ ހިއުމަން ރިސޯސް މެނޭޖަރު، ރިސޯޓު މެނޭޖަރު ފެންވަރުގެ ބައެއް މަޤާމުތަކަކީ، އެއީ ކޮންމެހެން ދޭންޖެހޭ މަޤާމުތަކެއްގެ ގޮތުގައި ވަޒީފާއާއި ބެހޭ ގާނޫނުގެ ތެރެއިން ލާޒިމުކޮށް ދިނުމަށް އެދި ވަޑައި ގަންނަވަމުން މެމްބަރު ނިހާދު ވަނީ ވަޒީފާއާއި ބެހޭ ގާނޫނަށް އިޞްލާޙު ގެންނައިރުގައި ދިވެހިންނަށް %60 ވަޒީފާތައް ޚާއްޞަ ކޮށްދެއްވަން ތަކުރާރުކޮށް އެދި ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ