ރައްޔިތުން މަގުމައްޗަށް ނިކުތީ ސަރުކާރުން ރައްޔިތުން މަގުމަތިކޮށް ނިކަމެތި ކުރީމަ: އަދުރޭ

ރައްޔިތުން މަގުމައްޗަށް ނިކުތީ ސަރުކާރުން ރައްޔިތުން މަގުމަތިކޮށް ނިކަމެތި ކުރީމަ ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ނިކަމެތިކޮށް ބިކަ ކޮށްފި ކަމަށާއި ރައްޔިތުން މަގުމައްޗަށް ނިކުންނަން ޖެހުނީ އެހެންވެގެން ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުންގެ އަޑު ރައްޔިތުން އުފުލައި ރައްޔިތުންގެ ބަސް ރައްޔިތުން އިއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގު ރައްޔިތުން ހޯދާނެ ކަމަށާއި ރައްޔިތުން ނުހުއްޓުވޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން މި ހަފުތާގައި ދެ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ރޭގެ މުޒާހަރާގެ އިތުރުން މިނިވަން ދުވަހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ.
މި މުޒާހަރާތަކުގައި އިދިކޮޅު ކޯލިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށާއި ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ. އަދި މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން އަމަލު ކުރި ގޮތް އިދިކޮޅު ކޯލިޝަނުން ވަނީ ކުށްވެރި ކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން މި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑް 19ގެ ސަބަބުން ގައުމުގެ ހާލަތު މިހާރު އޮތް ގޮތަށް ބަލައި، ހާލަތާ ގުޅޭގޮތަށް ހިޔާލުފާޅު ކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ