މާލެ އިން ފައްސިވާ މީހުންގެ އަދަދު މައްޗަށް!

މާލޭގެ ފުރަބަންދަށް ބޮޑެތި ލުއިތައް ދެހަފްތާ ފަހުން މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވާން ފަށައިފިއެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ބޮޑެތި ލުއިތައް ދިނުމަށް ފަހު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ހުޅުވާލާފައެވެ.
މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް އިތުރު 33 މީހަކު ފައްސިވިއިރު އިއްޔެ 25 މީހަކު ފައްސިވިއެވެ. އެހެންކަމުން ފާއިތުވި ދެދުވަހަށް ބަލާއިރު ފައްސިވި މީހުންގެ އަދަދު މިވަނީ އިތުރުވެފައެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން ކުރިން ފައްސިވި މީހުންނާއި ގުޅުން އޮތީ ކިހައި އަދަދެއްގެ މީހުން ކަމަށް އެޗްއޯސީ އިން ހާމައެއް ނުކުރެއެވެ. އެހެންކަމުން ކްލަސްޓާތަކުގައި ހިމެނޭ މީހުންގެ އަދަދު ސާފެއް ނުވެއެވެ.
ފުރަބަންދަށް ލުއިތައް ދިނުމުން ފައްސިވާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމުގައި ކުރިން ވެސް އެޗްޕީއޭ އިން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ