ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑި އަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިއަދު އެ ޕާޓީން ބޭއްވި ޕްރައިމަރީ، ފާރިސް މައުމޫން ކާމިޔާބުކުރައްވައިފި އެވެ.މި ޕްރައިމަރީގައި، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސްއާ ވާދަކުރެއްވީ، މ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި މޫސާ ނަސީރެވެ. މާލެ އާއި ދިއްގަރު ދާއިރާގެ ރަށްރަށުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން އެންމެ ފޮއްޓެއް ފިޔަވައި ހުރިހާ ވޯޓު ފޮއްޓަކުން ވެސް ކުރީގައި އުޅުއްވަނީ ފާރިސް އެވެ.ދެ ބޭފުޅުންނަށް ލިބުނު ޖުމްލަ ވޯޓަށް ބަލާއިރު ފާރިސް އަށް ލިބިވަޑައިގަތީ
288 ވޯޓެވެ. މޫސާ ނަސީރަށް ލިބިވަޑައިގަތީ 140 ވޯޓެވެ. މި ޕްރައިމަރީގައި
ވޯޓު ލީ ޖުމްލަ 430 މީހުންނެވެ. ބާތިލު ވީ އެންމެ ދެ ވޯޓެވެ.ވަގުތީ ނަތީޖާ އަށް ބަލާއިރު، މާލޭގައި
ބެހެއްޓި ފޮއްޓަށް ވޯޓުލީ 67 މީހުންގެ ތެރެއިން 41 މީހުން ވޯޓު
ދީފައިވަނީ ފާރިސް އަށެވެ. ނަސީރަށް ލިބުނީ 25 ވޯޓެވެ. މުލީގައި ބެހެއްޓި ފޮށިން ފާރިސް އަށް 123 ވޯޓު ލިބުނު އިރު ނަސީރަށް
ލިބުނީ 45 ވޯޓެވެ. ފާރިސް އާއި މޫސާ ނަސީރު ސަލާމް ކުރައްވަނީ: ފާރިސް ޕްރައިމަރީ ކާމިޔާބު ކުރެއްވީ މޫސާ ނަސީރާ ވާދަަކުރައްވައި ބޮޑު ތަފާތަކުން.---ފޮޓޯ: ޕީޕީއެމް ދިއްގަރުން 76 މީހުން ފާރިސް އަށް ވޯޓު ދިން އިރު
ނަސީރަށް 34 ވޯޓު ލިބުނެވެ. އަދި މަޑުއްވަރީގައި ބެހެއްޓި ފޮށިން 32 ވޯޓު
ފާރިސް އަށް ލިބުނު އިރު ނަސީރަށް ލިބުނީ 10 ވޯޓެވެ. ވޭވަށުން 26 ވޯޓު
ނަސީރަށް ލިބިފައިވާ އިރު ފާރިސް އަށް ލިބުނީ 16 ވޯޓެވެވޯޓުލުން ކުރިއަށްދިޔައީ މިއަދު މެންދުރު ފަހު 2.00 ފެށިގެން ހަވީރު 5.00 އަށެވެ. ދިއްގަރު
ދާއިރާގެ ޕީޕީއެމް ޓިކެޓް ހޯދަން ފަސް ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް
ތިން ބޭފުޅަކު ވަނީ އިންތިހާބުގެ ކުރިން ނަން އަނބުރާ ގެންދަވައިފަ އެވެ.
އެއީ އެންވަޔަރްމެންޓް މިނިސްޓަރުގެ ނައިބު މުހައްމަދު ހާނިމާއި މ. އަތޮޅު
ކައުންސިލްގެ މެމްބަރު މޫސާ ނަސީރު އަހުމަދާއި ދިއްގަރު ކައުންސިލްގެ
މެމްބަރު އިމްރާން ޒާހިރެވެ.ޖޫން ހަ ވަނަ ދުވަހު ބާއްވާ ދިއްގަރު
ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓް ދޭނެ ބޭފުޅެއް
ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ހޯމަ ދުވަހު ބާއްވަން ވަނީ ނިންމައިފަ
އެވެ. އަދި ޓިކެޓަށް ޝައުގުވެރިވާ ކެންޑިޑޭޓުން އަންނަ އާދިއްތަ ދުވަހުގެ
ކުރިން ނަން ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ފާރިސް ކާމިޔާބުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ