ގާސިމް މިނިވަން ކުރަން ގޮވާލައި ޕެޓިޝަން އެއްގައި ސޮެއި ކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަޞީޙަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަން ކުރަން ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަށް ގޮވާލައި ހުށަހަޅުމަށް ތައްޔާރުކުރާ ޕެޓިޝަންގައި ރައްޔިތުން ސޮއިކުރަން ފަށައިފިއެވެ.
މިޕެޓިޝަންގައި ބުނެފައިވާ ގޮތުން ގާސިމް އިބްރާހިމް އަކީ އަމިއްލައަށް ލިބިވަޑައިގެންފާނެއް ގެއްލުމަކަށް ބެލުމެއްނެތި ރައްޔިތުންގެ ހެވާ ލާބަޔަށް ގިނަގުނަ މަސައްކަތް ކޮށްދެވައިފައިވާ އަދި މިހާރު ވެސް ކޮށްދެއްވަމުންދާ ބޭފުޅެކެވެ. އަދި އެމަނިކުފާނު އަބަދުވެސް މަސައްކަތްޕުޅު ކުރަވަމުން ގެންދަނީ ޤައުމާއި ރައްޔިތުންގެ ހެވާއި ލާބަޔަށް ކަމަށެވެ.
އަދި މިޕެޓިޝަންގައި ބުނެފައިވާ ގޮތުން ގާސިމް އަކީ ދިވެހިންގެ ގިނަ ބަޔަކަށް އިންވެސްޓްކޮށްގެން ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވާފަވާ ބޭފުޅެކެވެ.
އަދި މިޕެޓިޝަނުގައި ފާހަގަކުރައްވާފައިވާ ގޮތުން ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޑިމެކްރޮސީގެ ފޮނިމީރުކަން މިހާރު ދަނީ ބީވެ ގެއްލި، ހުސްވަމުންނެވެ.
ގާސިމް އިބްރާހިމްގެ މައްޗައް އުފުލާފައިވާ ދައުވާ އަކީ ގާނޫނު އަސާސީއިން އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ހައްގުތަކުގެ ބޭނުން ކޮށްގެން ކުރަވަމުން ގެންދަވާ ކަމެއްކަމަށާއި މިގޮތަށް އެމަނިކުފާނު ބަންދުކޮށް ކަންތައް ކުރުމުން އެމަނިކުފާނުގެ ހައްގުތައް ގެއްލިފައިވާ ކަމަށް މިޕެޓިޝަންގައި ވަނީ ފަހަގަކުރައްވާ ފައެވެ.
ގާނޫނާއި ޚިލާފަށް އެމަނިކުފާނު ބަންދުކޮށް އަނިޔާ ދެމުން ގެންދިއުމީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދޭ އަނިޔާއެއް ކަމަށާއި އެމަނިކުފާނާ މެދު ކަންތައްކުރަނީ އިންސާފުން ބޭރުގައި ކަމަށް މިޕެޓިޝަނުގައި ވަނީ ބުނެފައެވެ.
މިޕެޓިޝަނުގައި މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން ވަނީ މިކަން ރަނގަޅަށް ބަލައި ގާސިމް އިބްރާހިމް މިނިވަންކުރުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތްތައް ކޮށްދިނުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ