ގާސިމް މީހަކަށް ރިޝްވަތު ދޭންޖެހޭ ސަބަބެއް ނެތް: އަލީ ސާލިހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީހަކަށް ރިޝްވަތު ދޭންޖެހޭ ސަބަބެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސާލިހު ވިދާޅުވެއްޖެއެވެ.
އަލީ ސާލިހު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހައިކޯޓަށް ހާޒިރުކުރުމުން ކޯޓްކައިރީގައި ހުންނަވާ މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އަލީ ސާލިހު ވިދާޅުވީ ގާސިމް ބުރަ މަސައްކަތުން ރައްޔިތުންގެ މަޖިލީހަށް އެތަށް މެންބަރުންނެއް އިންތިޚާބުކޮށްދިންކަމަށާ ނަމަވެސް އެ މެންބަރުން މިއަދު ކޮބައިތޯ ސުވާލުކޮށްލަންޖެހޭކަމަށެވެ. އެ މެންބަރުނަށް ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވެ، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް ގޮވާލުމަކީ ގާސިމް އިބްރާހިމް ކުށްވެރި ކުށަކަށްވެގެންދަނީ ކިހިނެތްކަމެއް ނޭންގޭކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ގާސިމް އިބްރާހިމަކީ ވަރަށް ވަތަނީ ގައުމީ ލީޑަރެއްކަމަށާ ގައުމުގެ ހައްގުގައި ވިދާޅުވާންޖެހުނު ކޮންމެ ވާހަކަފުޅެއް އަދި ކުރައްވަންޖެހިވަޑައިގެން ކޮންމެ މަސައްކަތެއް އެމަނިކުފާނު ކުރައްވާނެކަމަށެވެ.
އަލީ ސާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިޚާބުވީ އެތަށް މެންބަރުނެއް މިއަދު ތިބީ ސަރުކާރު ހިންގާ ޕާޓީގައިކަމަށާ އެ މެންބަރުން ޕާޓީ ބަދަލުކުރީ ކޮންކަމަކާއި ގުޅިގެންތޯ ތަހުގީގުކޮށް ބަލަންޖެހޭކަމަށެވެ.
ވަކި މީހެއްގެ މައްސަލަ ބަލާ އެހެން ވަކި މީހެއްގެ މައްސަލަ ނުބެލުމަކީ އިންސާފު ނޫންކަމަށާ ތައުލީމީ ގޮތުންނާއި، ސިއްހީގޮތުން އަދި އުމުރާނީގޮތުން ގައުމަށް ގާސިމް އެހީތެރިވެދިނުމަކީ އަނިޔާވެރިވުމުގެ ގޮތުންތޯ އަލީ ސާލިހު ވަނީ ސުވާލް އުފައްދަވާފައެވެ.
ގާސިމް ހައްޔަރުކުރުމުން ރައްޔިތުންކުރާ ހިތާމަ މުޅި ގައުމުން މިއަދު ފެންނަމުންދާކަމަށާ ގާސިމްގެ ފަރާތްޕުުޅުން ގައުމަށްވާނެ ނުރައްކަލެއްނެތްކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާނެކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.
އަލީ ސާލިހު ވިދާޅުވީ ގާސިމަށް ތަފާތު ތުހުމަތުތައް ކުރަމުންދާއިރު، އިއްތިހާދުގެ ބައެއް ކެނޑިޑޭޓުން މިއަދު ސަރުކާރަށް ބައިއަތު ހިފަމުންދާކަމަށް ބުނާއިރު، އެކަމުގެ ފަހަތުގައި ފޮރުވަނީ ކޮންަމެއްތޯ ބަަލަންޖެހޭކަމަށެވެ.
އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް ރައްޔިތުން ބޭނުންވާއިރު، މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ތަކުރާރުކޮށް އަމަލުކުރާތައް ފެންނަމުންދާކަމަށްވެސް އަލީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ