އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ. ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ރަޝީދު ޖޭޕީއާ ގުޅިވަޑައިގެންނެވިކަން އިއުލާން ކުރީ މިހާރު ރާޅުގަނޑު ސަރަހައްދުގައި ބާއްވަމުންދާ އެ ޕާޓީގެ ޚާއްސަ ޖަލްސާގަ އެވެ. އެ ޖަލްސާގައި ގުރުއާން ކިޔަވާވިދާޅުވީ ވެސް އޭނާ އެވެ.އަހްމަދު ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިކަން ކުރިން ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް ޕީޕީއެމްގެ ޕްރައިމަރީ އަށް ފަހު އޭނާ ޖޭޕީގެ ހަރަކާތްތަކުން ފެނެ އެވެ. މިހާރު ޖޭޕީގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ޕާޓީގެ ނައިބު ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމް އާއި މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ