އިލެކްޝަންސްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެންބަރު ކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.އެ އޮފީހުން ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ނިޔަލަށެވެ.އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.ސްޕްރީމް ކޯޓުގެ އަމުރަށް ނުކިޔަންތެރިވި ކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ހަ މަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. އަދި ފުއާދު އާއި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވުމުގެ ހައްގާއި ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން، މި މަހުގެ 22 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެ ތާރީހުގައި ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ކުރިއަށް އޮތް ހަ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމާ ބެހޭ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ