މެމްބަރު އިލްހާމްގެ އެއް ކޮއްކޮއަކު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް، އަނެއް ކޮއްކޮ އަށް ކޯޑިނޭޓަރުކަން
ރައްޔިތުންގެ މަޖިލީހުގެ ދަގެނތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދުގެ ދެ ކޮއްކޮއަކަށް ސިޔާސީ މަގާމުތަކެއް ދެއްވައިފި އެވެ. އެގޮތުން އަލީ އާދިލް އަށް ވަނީ ޔޫތު މިނިސްޓަރުގެ ނައިބުކަން ދެއްވައިފަ އެވެ. އަދި އެހެން ކޮއްކޮއެއް ކަމަށްވާ، ފީފާގެ އެސިސްޓެންޓް ރެފްރީ އިސްމާއިލް އިޒްހާން ވަނީ އެ މިނިސްޓްރީގެ ކޯޑިނޭޓަރު ކަމަށް ހަމަޖައްސަވާފައި ކަމަށް "ހަވީރަ"ށް އެނގިފައިވެ އެވެ. އިޒްހާނަކީ އެފްއޭއެމްގެ ރައީސްކަމުގައި އިލްހާމް ހުންނެވި ދުވަސްވަރު އެ އިދާރާގައި ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.އާދިލް އާއި އިޒްހާންގެ ބޭބެ އިލްހާމަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ވިޔަސް އޭނާ އަކީ ޕީޕީއެމްގެ ސަރުކާރުގެ ސިޔާސަތަށް އަބަދުވެސް ތާއީދު ކުރައްވާ، އަދި ސަރުކާރުގެ ބައެއް އިސްބޭފުޅުންނާ ގާތްގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށް ވާހަކަ ދެއްކެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ