ޤުރުއާން މުބާރާތުން ވަނަ ހޯދާ ފަރާތްތަކަށް ފުރުސަތު ދޭން ރައީސް ގޮވާލައްވައިފި

ޤައުމީ ފެންވަރުގެ
ޤުރްއާން މުބާރާތްތަކުން މަތީ ވަނަ ހޯދާ ފަރާތްތަކަށް އެކި ހަފުލާތަކުންނާއި މީޑިއާ އިން ފުރުސަތު ހޯދައިދިނުމަށް ރައީސް މުހައްމަދު ވަހީދު މިރޭ އެދިވަޑައިގެންފި އެވެ.ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރާއި އެހެން ފަރާތްތަކުން ބާއްވާ ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި،
ޤުރްއާން ކިޔެވުމުގެ ފުރްޞަތު ހޯދައިދޭން ޖެހޭ ކަމަށެވެ.އޭގެ އިތުރުން އެމަނިކުފާނު ރާއްޖޭގެ ރޭޑިއޯ
އަދި ޓީ.ވީ ސްޓޭޝަންތަކަށް ވެސް ގޮވާލެއްވީ މަތީ ވަނަ ހޯދާ ކުދިންނަށް ޤުރުއާން ކިޔެވުމުގެ ފުުރުސަތު ދިނުމަށެވެ.ރައީސް ވަހީދު ވިދާޅުވީ
ރާއްޖޭގައި ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންނާއި މީހުންނާއި އަދި ޤުރްއާން
ހިތުދަސްކުރާ ކުދިންނާއި މީހުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް
އިތުރުވަމުން އަންނަ ކަމަށެވެ. އެކަމަކު ޤައުމީ ފެންވަރުގެ މަތީ ވަނަ ހޯދާ ކުދިންނާއި މީހުންގެ ޤުރްއާން ކިޔެވުމުގެ
އަޑު އިވޭލެއް ވަރަށް މަދުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އެކަމަށް ސަރުކާރުގެ އިދާރާތަކުންނާއި އެކި ޖަމްޢިއްޔާތަކާއި މީޑިއާތަކުންނާއި، އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑު
ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން އެކި ޖަލްސާތަކާއި، ރަސްމިއްޔާތުތަކުގައި
ޤުރްއާން ކިޔެވުމުގެ ފުރުސަތު ލިބޭނެ
އިންތިޒާމްތަކެއް ހަމަޖެއްސުން މުހިންމު ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ރޯދަމަހުގެ ޕްރޮގްރާމްތަކުން އެ ފުރުސަތު ލިބޭނެ ގޮތަށް މަސައްކަތް
ކޮށްދިނުމަށް، މީޑިއާ އާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް އިލްތިމާސްކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކޮންމެ އަހަރަކު ޤުރުއާން މުބާރާތް ބާއްވަނީ ވަރަށް
މަތިވެރި މަޤްޞަދެއްގައި ކަމަށެވެ."އެންމެ ބޮޑު އެއް ބޭނުމަކީ، އަޅުގަނޑުމެންގެ ޅަދަރިންނާއި،
ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް
އޮތް ލޯބި އިތުރުކޮށް، ޤުރްއާނަށް އޮތް ޝައުޤުވެރިކަން ދެމެހެއްޓުން،" ރައީސް ވަހީދު ވިދާޅުވި އެވެ."ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންގެ ދުސްތޫރު. އިލާހީ ޤާނޫނު. މާތްﷲގެ
ކަލާމްފުޅު. އަޅުގަނޑުމެން އެންމެން ވެސް އެފޮތް ދަސްކޮށް، ﷲގެ ވަޙީ
ބަސްފުޅުތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް، އަޅުގަނޑުމެންގެ ޙަޔާތުގައި
ޢަމަލީ ގޮތުން ތަބާވާން ޖެހޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ