ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކައެކު މަސައްކަތް ކުރައްވަމުން ދާއިރު އެމަނިކުފާނުގެ ދެދަރިކަލުން ރައީސް ޔާމިން އާއެކު ސަރުކާރުގެ އިސް މަގާމުގައި މަސައްކަތް ކުރައްވާތި މައުމޫން ކުރައްވާ މަސައްކަތްޕުޅުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ގައުމު އިސްލާހު ކުރެއްވުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރައްވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރޭ ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ވިދާޅުވީ އެންމެން ހަނާ ވާއިރު %50 އިއްތިހާދަށް، %50 ސަރުކާރަށް ދީގެން ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ނެރެވޭ ނަތީޖާ، %100 ދިނުމާއި ތަފާތު ވާނެ ކަމަށެވެ.
އަލީ ވަހިދު މިހެން ވިދާޅުވެފައި ވާއިރު، މައުމޫންގެ ދޮށީ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި ޔުމްނާ މައުމޫން މަސައްކަތް ކުރައްވަނީ އިދިކޮޅު ކޯލިޝަން އާއެކުއެވެ. އަދި ދަރިކަލުން ޣައްސާން މައުމޫން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ދުންޔާ މައުމޫން ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. މީގެ ކުރިން ދުންޔާ ހުންނެވީ މި ސަރުކާރުގެ ފޮރިން މިނިސްޓަރަކަށެވެ.
"އެކޮޅު އޮތަސް %50 މިކޮޅު އަޔަސް %50. ދެން ރަނގަޅުތާ ދޯ. އެއްޗެކޭ ބުނ މީހާ ގޯސްވާނީ. ފެންނަން އޮތީ މި ހަގީގަތް. ގުނބޯ ނުހަދާ" އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވެއެވެ.
މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، އެންމެން އަނިޔާ ތަހައްމަލު ކުރާއިރު ގައްޔޫމް އާއިލާ ދެކޮޅުން ފަރިއްކުޅުއްވީމާ އެކަން ގަބޫލު ނުކުރެއްވޭ ކަމަށެވެ.
ސީޔާސީ ލީޑަރުންގެ ތެރެއިން ހައްޔަރު ނުކޮށްހުރި ހަމައެކަނި ލީޑަރަކީ ރައީސް މައުމޫންއަށް ވާއިރު އާއިލާ ދެކޮޅަޑް ބަހައިގެން ނުހުރެ ގޯސް ރަނގަޅު ކުރެއްވުމަށް އަލީ ވަހީދު ގޮވާލެއްވިއެވެ.
" އެންމެން ޖަލަށް ލައިފި. އަޅުގަނޑުމެން ގައުމު ދޫކޮށްލަން ޖެހުނީ އަނިޔާއާ ދެކޮޅަށް ނިކުތުމުން ޖަލަށް ލީމާ. މިނިވަންކޮށް ހުރި މަނިކުފާނު ގައުމަށް ވަޑައިގަންނަވާ" އަލީ ވަހީދު ވިދާޅުވިއެވެ.
މައުމޫން މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގައެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހައްޔަރު ކޮށްގެން ތަހުގީގު ހިންގަން ފެށުމާއެކު އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލު ކުރައްވައިގެން ހުންނެވި އަލީ ވަހީދު ވިދާޅުވީ، އުމުރު ދުވަހު ރާއްޖެ ނުދެވި މަރުވިޔަސް ރައީސް އަބްދުﷲ ޔާމީންއަށް އަމާން ނުދޭނެ ކަމަށެވެ. އަދި އެމްޑީޕީން ރައީސް މައުމޫން އާއެކު މަސައްކަތް ކުރަން ފެށުމުން އެމްޑީޕީ މެންބަރުން އެކަމަމާ ނުރުހުމަކީ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
" ގާސިމް އުމުރުން 67 އަހަރުގަ ކުޑަ ގޮޅީގަ ބާއްވާފަ ވަޒީރު ކަމުގަ ގައްޔޫމުން ތިބީމާ "ނޭޝަން ފަސްޓް" އެއް ނުވެއް ނޫންތޯ. ޕޮލިޓިކްސްތޯ އެއީ؟ ނޫން" އަލީ ވަހީދުގެ ޓްވީޓެއްގައި ވެއެވެ.
މައުމޫން ކުރައްވާ މަސައްކަތުގެ އިހުލާސްތެރިކަމާމެދު އަލީ ވަހީދު ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ