ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެދު ސަރުކާރުގެ އެއްވެސް އިތުބާރެއް ނެތުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އިއްޔެ މަސައްކަތްކޮށްދެއްވި ހިތްވަރުގަދަ މެންބަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އިސްލާހަށް މަސައްކަތްކުރާ މީހުންނަށް ވަރަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ގައުމުގެ ހާލަތު އޮތް ގޮތުން ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކަަމަށް އެއްވެސް ފަރާތަކުން ފަސްނުޖެހުމަށްވެސް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑަށް ލިބިވަޑައިގަންނަވަންޖެހޭ ހައްގުތައް ނުދެއްވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ޕޯޑިއަމްތަކުގައި ވާހަކަ ދެއްކެވި. އަޅުގަނޑުގެ ހައްގުތައް އަތުލުމުގައި އިސްދައުރެއް އަދީބް އަދާކުރެއްވި. އެކަމަކު އަދީބް މިއަދު ވަނީ އަދަބު ލިބެމުންދާ މީހުންގެ ތެރެއިން. އެކަމަކު އަޅުގަނޑު އެދެނީ އެމަނިކުފާނަށްވެސް ލުޔެއް ލިބުމަށް،" އަބަދުވެސް އަދުލުވެރިކަން، އަނިޔާވެރިކަމުގެ ފަހަތުން ކުރިއަރައި އައިސް ފައިހަމަކުރާނެ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ދައްކަވަން ޖެހިވަޑައިގަންނަވާ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށާއި އެކައުންޓްތައް ފްރީޒްކުރި މައްސަލަ ކޯޓަށް ލާފައިވާ ކަމަށެވެ. އަދި މިހާރު ފްރީޒްކޮށްފައިވާ އެކްއުންޓްތަކުގެ އިތުރުން އިތުރު އެކައުންޓްތައް ފްރީޒް ކުރުމަށް މަސއްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ދިއުމަކީ ހިތާމައިގެ ކޮޅު ނެތްކޮޅު ހިތާމައެއް ކަމަށާ ބާރުތައް ވަކިވެފައިވާ ގައުމަކަށް ރާއްޖެ ހަދަންޖެހިފައިވާ ކަމަށެވެ.
މެންބަރުންނަށް ސަރުކާރުން އިތުބާރު ނުކުރާކަން ހާމަވެއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ