އައްޑޫގައި އަމަން ގާއިމުވެފައިވާކަން ރައްޔިތުން ފާހަގަކުރޭ - އައްޑޫ ސިޓީ މޭޔަރު

އައްޑޫގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އައްޑޫ ސިޓީގެ އަމަން ޤާއިމްވެފައިވާކަން ރައްޔިތުންގެ ފަރާތުން ފާހަގަކުރަމުން އަންނަކަމަށް އައްޑޫ ސިޓީގެ މެޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިހާރު ސައުތު ޕޮލިސް ޑިވިޜަނަށް ކުރަމުންދަ ދަތުރުފުޅުގައި އިއްޔެ އައްޑޫ ސިޓީގައި ސީސީޓީވީ ކެމެރާ ހަރުކޮށް ކެމެރާ ސިސްޓަމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ކައުންސިލްގެ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވީ އައްޑޫ ސިޓީގެ ކުށުގެ ވެށި އޮތް ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުންނަށް އެކަން މިއަހަރުގެ ޖެނުއަރީ މަހުގެ ދަންނަވާފައިވަނެކަމަށާއި އެ ދެންނެވުމާއެކު ފުލުހުންގެ ޙާއްޞަ ޓީމެއް ފޮނުވައި އައްޑޫއަކީ އަމާން އޮމަން މުޖުތަމަޢުއެއް ޤާއިމްވެފައި އޮތް ތަނަކަށް ހެދުމަށް ކުރަމުންދިޔަ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެއްކަމަށެވެ.
އައްޑޫ ސިޓީގައި ހިންގަމުންދާ “އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަނުގެ ސަބަބުން ކުށްކުރުން ދަށަށް ގޮސްފައިވާކަމަށާއި ފުލުހުން ފެށި މި މަސައްކަތުގެ ސަބަބުން އައްޑޫ ސިޓީގެ އަމަން ޤާއިމްވެފައިވާކާމަށް ރައްޔިތުން ފާހަގަކުރަމުން އަންނަކަމަށްވިދާޅުވިއެވެ.
އަދި ފުލުހުން އައްޑޫ ސިޓީގެ އަމަން ޤާއިމްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތައް ފާހަގަކޮށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ