ގައުމެއްގެ ނަސީބަކީ ޤާނޫނޫ އަސާސީއެއް ނޫން – ގާސިމް

ގައުމެއްގެ ނަސީބަކީ ޤާނޫނު އަސާސީއެއް ނުވަތަ ޤާނޫނެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
"ނަޔާ މައްޗަންގޯޅި އެކަތިފަހަރުން" ނަމުގައި އަބާރަނަ އާއިލާގެ މީހުން ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ގައުމެއްގެ ނަސީބަކީ އިހްލާސްތެރި، އިހްސާންތެރި މީހެއް ކަމަށެވެ.
"ވޯޓަކީ ރައްޔިތުން ގަންނަ އެއްޗެއް ނޫން. އެއީ ބައެއްގެ ނަސީބަކީ ނުވަތަ ގައުމެއްގެ ނަސީބަކީ ވެސް އިހުލާސްތެރިކަން، އިހުސާންތެރި އަދި ޑައިމެޓިކް މެޝިނަރީ އަދި އަދާލަތައް ހުރުމަތްތެރި އަދި އިގުތިޞާދީ ކަންތައްތަކަށް މެޝިން ބިނާކުރެވިގެންދާ އުސޫލު ތަކާއި ހަމަ ތަކެއް ކަނޑައަޅާދޭ އަދި ރައްޔިތުންނަށް އިހްސާންތެރި މީހެއް. އެއީ ގައުމެއްގެ ނަސީބަކީ. ޤާނޫނޫ އަސާސީއަށް ނުވަތަ ޤާނޫނެއް ވެސް ނޫން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޙާބު އަމާން އޮމާން ސުލްހަވެރި އިންތިޙާބަކަށް ހެދުމަށްޓަކައި ރައްޔިތުން ވަރަށް ވިސްނަން ޖެހޭކަމަށެވެ.
އަދި މިއަދު އެނގިގެން މިދަނީ ފައިސާގެ ނުފޫޒު އިންތިޙާބުގެ ތެރޭގައި ބޭނުން ކޮށްފާނެ ކަން ކަމަށާއި ރައްޔިތުން އެކަމަށް ހޭލާ ތިބެން ޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފައިސާގެ ބޭނުމަށްޓަކައި އަޅުގަނޑުމެންގެ ގައުމާއި މިނިވަންކަމާއި އިސްތިގްލާލް ވިއްކާލާ އަދި އަޅުގަޑުމެންގެ އޮތް މިލްކިއްޔާތުތައް ބޭރުގެ ބަޔަކަށް ވިއްކާލުމުގެ ބޭނުމެއް ނޯންނާނެ. އެހެންކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން މަދު ލާރި ކޮޅެއްގެ ބޭނުމުގަ ކުރާ ކަންތައްތަކުގެ ނަތީޖާ މަހެއް ދެމަހެއްހާ ދުވަސް ފަހުން އަޅުގަނޑުމެން ރޮއެ ހިތާމަކޮށް މުޅިއުމުރަށް ކަރުނަ އަޅަން ޖެހިދާނެ ކަމެއް." ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ