ސުޕީރިއާ ކޯޓުތަކުގެ 10 ފަނޑިޔާރުން އެ ފަންތީގެ އެހެން ކޯޓުތަކަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލް ކަމަށް އަންގައި ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ ފަނޑިޔާރުން ބަދަލުކުރުމާއި މަގާމުގެ ކުރިއެރުން ދިނުމަކީ ޖޭއެސްސީ އަށް ލިބިފައިވާ މުތުލަގު ބާރެއް (އެއްވެސް ހިފެހެއްޓުމެއް ނެތް ބާރެއް) ނޫން ކަން ގާނޫނު އަސާސީން އެނގޭ ކަމަށާއި އަދި ފަނޑިޔާރުން ބަދަލުކުރުމުގައި ބަލަން ޖެހޭނީ ޖޭއެސްސީގެ ގާނޫނަށް އެކަނި ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމްތަކުންނާއި ގާނޫނު އަސާސީން އެނގޭ ކަމަށެވެ. ެ.
މީގެ އިތުރުން ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުކުރެވޭނީ ޖުޑިޝަލް ކައުންސިލްގެ ހުށަހެޅުމަކަށް ކަމަށް ވާއިރު ސުޕްރީމް ކޯޓުގެ ރޫލިން އަކުން އެ ކައުންސިލް އުވާލުމާ އެކު އެ ކައުންސިލްގެ ވާޖިބުތައް އަދާކުރަމުން ދަނީ ސުޕްރީމް ކޯޓުން ކަމާއި އެކަން އާންމުކޮށް އަންގާފައިވާނެ ކަމަށާއި އަދި އެކަން ޖޭއެސްސީ އަށް ވެސް އަންގާފައިވާނެ ކަމަށް ވެސް އެ އަމުރުގައި ވެއެވެ. އެހެންކަމުން ކޮމިޝަންގެ އެ ނިންމުން ބާތިލްކަން ހުރިހާ ފަރާތްތަކަށް އަންގާ ކަމުގައި ވެސް އެ އަމުރުގައިވެ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރުނުއިރު ޖޭއެސްސީން މިހާރު ވަނީ ފަނޑިޔާރުން ބަދަލުކުރަން ނިންމިކަން އެ ފަނޑިޔާރުންނަށާއި ކޯޓުތަކަށް އަންގަން ފަށައިފަ އެވެ.
ޖޭއެސްސީން ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ދަށު ކޯޓުތަކުގެ 10 ފަނޑިޔާރަކު އެ ފަންތީގެ އެހެން ކޯޓުތަކަށް ބަދަލުކުރުމަށެވެ.
ފަނޑިޔާރުން ބަދަލުކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ބާތިލް - ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ