ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ދީނީ ރޮނގުން އެއްވެސް ކަމަކަށް އަލިއަޅުއްވާލައްވައިފައިނުވާ ކަމީ ކަންބޮޑުވާ ކަމެއް: ސަލަފް

19:00އިސްލާމީ ދައުލަތެއްގެ މަސްއޫލިއްޔަތަކީ ﷲގެ ޝަރީއަތް ތަންފީޒުކުރުން ކަމަށްވާ ހިނދު، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ރިޔާސީ ބަޔާނުގައި ދީނީ ރޮނގުން އެއްވެސް ކަމަކަށް އަލިއަޅުއްވާލައްވައިފައިނުވާ ކަމީ ކަންބޮޑުވާ ކަމެއް ކަމުގައި ޖަމިއްޔަތުއް ސަލަފުން ބުނެފި އެވެ.ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރިޔާސީ ބަޔާން އިއްވަމުން ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކާއި، އަދި ކުރަން ފަށާފައިވާ ކަންތައްތައް ތަފްސީލްކޮށް ފާހަގަ ކުރެއްވިއިރު، ދީނީ ރޮނގުން ވޭތުވެދިޔަ އަހަރު ސަރުކާރުން ކޮށްފައިވާ ކަންތައްތަކާއި ކުރަން ފަށާނެ ކަންތައްތައް ވިދާޅުނުވިކަމީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ދީނީ ރޫހް ކުރިއެރުވުމަށްޓަކާ އިސްލާމިކް އެފެއާޒުން ކުރަމުން ގެންދާ މަސައްކަތާއިމެދު ސުވާލު އުފެދޭ ކަމަށް ޝެއިހް އަބްދުﷲ ވިދާޅުވި އެވެ.ޝެއިހް އަބްދުﷲ އިތުރަށް ވިދާޅުވީ އިސްލާމީ ދައުލަތެއްގެ އިސްވެރިއެއްގެ ޒިންމާއަކީ ދީނީ ކަންތައްތައް ކުރިއަރުވައި އިސްލާމީ ވަހްދަތު ރައްކާތެރިކުރުން ކަމަށްވާއިރު މިއަދުގެ ސަރުކާރު ދީނީ ކަންކަމުގައި ފަސްޖެހި ބަސްބުނަން ޖެހޭ ދަނޑިވަޅުގައި ޖެހިލުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ