ގަން ފޮނަދޫ ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ގަން ފޮނަދޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިގައި، އެކްސިޑެންޓްގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
މަންޒަރު ދުށް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ގަމާއި ވީކޮޅުން ބާރު ސްޕީޑްގައި ސައިކަލެއްގައި މީހަކު އަންނަނިކޮށް ހަމަ އެމަގުން ފޮނަދުއާ ވީކޮޅުން އައި ސައިކަލެއްގައި ކައްދުއަށް ވަނުމަށް މަގު ހުރަސްކޮށްލި ވަގުތު ބާރު ސްޕީޑްގައި ދުއްވާފައި އައި މީހާ ބުރެކި ހިފި ނަމަވެސް ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ  އަބްދުލް ހަންނާން ވިދާޅުވީ އެކްސިޑެންޓެއްގައި ޒަހަމްވި މީހަކު ދާދި ދެންމެއަކު އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ވާކަމަށާއި އެމީހާގެ މޫނު މައްޗާއި އަތާއި ފައިގެ ހަން މެށިފައި ހުރި ކަމަށެވެ. އަދި އެމީހާގެ ހޭ ހުރި ކަމަށާއި ވާހަކަ ދައްކާ ކަމަށްވެސް ހަންނާން ވިދާޅުވި އެވެ.
މިއީ ގަން ފޮނަދޫ ލިންކް ރޯޑްގައި މިއަދި ހިނގި ދެވަނަ އެކްސިޑެންޓް ކަން ފާހަގަ ކޮށްލެވެ އެވެ. މިއަދު ހަވީރު ގަމުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު އެ އެކްސިޑެންޓްގައި ޒަހަމްވި ދެ މީހަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެކަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ