އިސްރާއީލް ސިފައިންގެ މީހަކަށް ވަޅިން ހަމަލާދޭން އުޅުނު ފަލަސްތީން އަންހެނެއްގެ ގަޔަށް އިސްރާއީލް ސިފައިން ބަޑިޖަހާ އޭނާ ޝަހީދު ކޮށްލައިފި އެވެ.
މިހާދިސާ ހިނގީ ހުޅަނގު އައްސޭރީގައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީންގެ އުމުރުން 23 އަހަރުގެ އާމާލް ކިޔާ އަންހެން މީހާ އިސްރާއީލްގެ ސިފައިންގެ މީހަކަށް ވަޅިން ހަމަލާދޭން އުޅެ އެކަން ނުވުމުން އިސްރާއީލްގެ އާންމުންގެ މީހަކަށް ވަޅިން ހަމަލާދިން ކަމަށެވެ. ނަމަވެސް އިސްރާއީލް މީހާ އަށް މާބޮޑު ޒަހަމެއް ނުލިބޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރާމައްޟާގައި ހުންނަ އަލްޖަޒީރާގެ ނޫސްވެރިޔާ އިސްރާއީލް ފުލުހުންނާއި ހަވާލާދީ ބުނެފައި ވަނީ ފަލަސްތީންގެ އަންހެން މީހާ މަސައްކަތް ކޮށްފައި ވަނީ އިސްރާއީލް ސިފައިންގެ މީހަކަށް ވަޅިން ހަމަލާދޭން ކަމަށާއި ނަމަވެސް އޭނާ އަށް އެކަން ނުކުރެވުނު ކަމަށެވެ.
ފަލަސްތީންގެ ރެޑްކްރޮސެންޓުން ބުނީ އިސްރާއީލް ސިފައިން ފަލަސްތީންގެ އަންހެން މީހާގެ ގަޔަށް ބަޑިޖެހުމުން އޭނާ ޒަހަމް ވެފައި އޮތް މަންޒަރު ރެޑްކްރޮސެންޓްގެ އޮފިޝަލުންނަށް ފެނުނު ކަމަށެވެ. އޭރު އޭނާ ޝަހީދު ނުވާ ކަމަށާއި ނަމަވެސް އޭނާ އަށް ފަރުވާ ދިނުމަށް އިސްރާއީލްގެ އޮފިޝަލުން ހުއްދަ ނުދިން ކަމަށެވެ.
ފަލަސްތީންގެ މީޑިއާ ތަކާއި ހަވާލާދީ އަލްޖަޒީރާ އިން ބުނީ އާމާލް ޝަހީދު ކޮށްލުމަށް ފަހު އިސްރާއީލް ސިފައިން އާމާލްގެ ގެ ބަލާ ފާސްކޮށް އޭނާގެ ބައްޕަ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އިސްރާއީލް ސިފައިންގެ މީހަކަށް ވަޅިން ހަމަލާދޭން އުޅުނު ފަލަސްތީން އަންހެނަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ