މިރޭ މާލެ އިން ކަރަންޓް ކެނޑޭނެ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް

މިރޭ މާލޭ އިން ކަންރަޓް ކެނޑޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރު ސްޓެލްކޯ އިން ދޮގުކޮށްފިއެވެ.
ސްޓެލްކޯ އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ އިއްޔެ މާލެ އިން ކަރަންޓް ކެނޑުމަށް ދިމާވި މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އިއްޔެ ދިމާވި ހާދިސާ އާއި ގުޅިގެން އިތުރު މައްސަލައެއް ދިމާވެފައިނެތް ކަމަށާއި އެފަދަ މައްސަލައެއް ދިމާވުމުގެ ފުރުސަތު ވެސް ނެތް ކަމަށް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
އިއްޔެ މާލެ އިން ދެގަޑިއެއްހާއިރަށް ކަރަންޓް ކެނޑުމުން ފެނުގެ ޚިދުމަތް ކެނޑި މޯބައިލް ފޯނުގެ ޚިދުމަތަށާއި އިންޓަނެޓްގެ ޚިދުމަތައް ދަތިތަކެއް ދިމާވިއެވެ.
މިރޭ މާލެ އިން ކަރަންޓް ކެނޑޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޚަބަރު ފަތުރަން ފެށުމުން ވަރަށް ގިނަބަޔަކު އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ