މީގެ ދެހަފުތާއެއްހާ ދުވަސްކުރިން ސީރިޔާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ހަނގުރާމަ ގަދަވުމުގެ ސަބަބުން އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވި މީހުންގެ އަދަދު 270,000 އަށް އަރާފައިވާކަމަށް، އުރުދުންގައި ހުންނަވާ، ރެފިއުޖީންނާއި ބެހޭ އދގެ ތަރުޖަމާނު މުޙައްމަދު ހަވާރީ ވިދާޅުވެއްޖެއެވެ.
ފަހުގެ ހަމަލާތަކުގެ ސަބަބުން އަމިއްލަ ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި މި މީހުން މިހާރު ދިރިއުޅެމުންދަނީ، ސީރިޔާއާއި އިސްރާއީލު، އަދި ސީރިޔާއާއި އުރުދުން ހިއްސާކުރާ ސަރަހައްދީ އިމުގެ ކައިރީގައެވެ.
ސީރިޔާގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ހަނގުރާމަ ގަދަވެފައިވަނީ، އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުން އެ ސަރަހައްދު އަތުލުމަށް، ރަޝިޔާގެ ތާއީދާއިއެކު ހަރަކާތްތެރިވާ ސީރިޔާގެ އަސްކަރިއްޔާއިން ކުރިމަތިލުންތައް ހިންގަން ފެށި ހިސާބުންނެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމަ، އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާއިރު، ސީރިޔާގެ ބައި މިލިއަނެއްހާ ރެފިއުޖީން މިހާރުވެސް ދިރިއުޅެމުންދަނީ އުރުދުންގައެވެ. އަދި ސަރަހައްދީ އިމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި، އުރުދުންގެ އަސްކަރިއްޔާއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އިސްރާއީލުން ވަނީ ސީރިޔާގެ އެއްވެސް ރެފިއުޖީއަކަށް މަރުހަބާ ނުކިޔާނެކަމަށް ބުނެފައެވެ.
ހަނގުރާމަ ގަދަވެ، ސީރިޔާގެ ރައްޔިތުން ބިކަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ