ރައްޔިތުން ކައުންސިލް އިންތިހާބުގައި ވޯޓްލާން ޖެހޭނީ ވަރަށް ވިސްނައިގެން: ރައީސް ޔާމީން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާން ދާއިރު ވިސްނާފައި ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީން ހދ. އަދި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ކުރިނބީއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުލުވަދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "ވިސްނައިގެން ވޯޓުލާން ދިއުމަށް" އެދޭ ކަމަށެވެ.
އަދި އިންތިހާބު ކުރަން އުޅޭ މީހެއްގެ ކިބައިން އަންނާނީ ކިހާވަރެއްގެ ފަސޭހައެއްތޯ ވިސްނައި ވޯޓު ދިނުމަށް ރައީސް ޔާމީން ވަނީ އެދިއްލައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ބަޔަކު މި ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރަންޖެހޭނެކަމަށެވެ.
ރައީސް ޔާމީން ހދ. އަދި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާރު ވަޑައިގެންހުންނެވީ ހދ. ހިރިމަރަދޫގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ