ސަރުކާރުން އިސްތިއުފާ ނުދެއްވާނެ ކަަމަށާއި އަދި ދުވަހަކުވެސް އެމްޑީޕީ އާއި ގުޅިވަޑައި ނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރުކަމުން ޢުމަރު ނަޞީރު އިސްތިއުފާ ދެއްވުމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާތީ މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢުމަރު ނަޞީރު ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަނީ އެމަނިކުފާނު ސަރުކާރުން ދުރުކޮށް އެމްޑީޕީއާއި ގުޅުވަން ބޭނުންވާ ފަރާތްތަކުން ކަމަށެވެ.
"އެފަަދަ ފަރާތްތަކަށް ބުނަން ބޭނުންވަނީ ނަމްބަރު ،1 ސަރުކާރުން އިސްތިއުފާއެއް ނުދޭނަން. ނަމްބަރު .2 ދުވަހަކުވެސް އެމްޑީޕީއަކާ ނުގޫޅޭނަން." މިވަގުތު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޢުމަރު ނަޞީރު ވިދާޅުވިއެވެ.
2008 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި އިދިކޮޅު ފަރާތްތަކުން އެމްޑީީޕީ އާއި ގުޅުނުއިރުވެސް ޢުމަރު ނަޞީރު ވަނީ އެމްޑީޕީ އާއި ގުޅިވަޑައި ނުގެންފައެވެ.
"އެމްޑީޕީ އަކީ ދުވަހަކުވެސް ދިވެހި ޤައުމަށް އިޚްލާޞްތެރި ޚިދުމަތެއް ކުރާނެ ބައެއް ނޫން" ކަމަށް އުމަރު ނަޞީރު އަަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.
އިސްތިއުފާއެއް ނުދޭނަން- އެމްޑީޕީއަކާ ދުވަހަކުވެސް ނުގުޅޭނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ