ކަރަންޓް ބިލު ބޮޑުވެފައިވާކަން ހުރިހައި ފަރާތްތަކުންވެސް ފާހަގަކުރާތީ އެކަމަށް ގެނެވޭނެ އެއްވެސް ބަދަލެއް އޮތްތޯ މިހާރު ބައްލަވަމުން ގެންދަވާ ކަމަށާއި ގެނެވޭ ބަދަލު މިހަފްތާގައި އެނގޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގއ. ކަނޑުހުޅުދޫގައި ސަރުކާރުން އިމާރާތްކުރި މަސްޖިދު އަބޫބަކުރު ހުޅުއްވައިދެއްވުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މިމަހުގެ ކަރަންޓު ބިލު ލިބުމުން ބިލު ބޮޑުވެފައިވާކަން ގިނަ ފަރާތްތަކަކުން ފާހަގަކުރާތީ އެކަން މެދުވެރިވި ސަބަބު ބެއްލެވުމަށް ރައީސުލްޖުމްހުރިއްޔާ އޮފީހުގެ އިޤްޠިޞާދީ ކޮމިޓީގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި ބިލަށް ގެނެވޭނެ ބަދަލެއް އޮތްނަމަ އެކަން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެނގިގެންދާނެ ކަމަށެވެ.
"އިންތިޒާރުކޮށްލަ ދެއްވާ. މިކަން ދިރާސާކުރުމަށްފަހު ގެނެޭނެ ރަނގަޅު ބަދަލެއް އޮތްނަމަ އެ ބަދަލެއް އަޅުގަނޑުމެން ގެނެސްދޭނަން."
ކަރަންޓު ބިލަށް ސަރުކާރުން ގެނައި ބަދަލު އެނަރޖީ އޮތޯރިޓީން ހާމަކުރި ނަމަވެސް މިހާރު ބިލް ހަދަނީ ބަދަލުކުރި ރޭޓުތަކަކަށް ނޫންކަން ފާހަގަކުރެވެއެވެ. އަދި މިހާރު ބިލު ހަދާ އުޞޫލު އެއޮތޯރިޓީން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ކަރަންޓުގެ އަގަށް ސަރުކާރުް ބަދަލުގެނައިފަހުން އެސްޓީއޯ އިން ވަނީ ތެލުގެ އަގުހެޔޮކޮށްދީފައެވެ.
ކަރަންޓުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތެލުގެއަގަށް އަންނަ ބަދަލުކަން ރައީސުލްޖުމްހޫރިއްޔާ މިއަދުވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ކަރަންޓް ބިލަށް ގެނެވޭނެ ބަދަލު މިހަފްތާގައި އެނގޭނެ: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ