އެމްޑީޕީ ޕްރައިމަރީ ފަސް ކޮށްފި

މިއަހަރު އެޕްރީލް 4 ވަނަ ދުވަހު ބޭއްވަން ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރުމުގައި އެމްޑީޕީގެ ޓިކެޓުދޭނެ މީހުން ހޮވުމަށް ބާއްވަން ހަމަޖެހިފައިވާ ޕްރައިމަރީ ފަސްކޮށްފިއެވެ.
އެމްޑީޕީން ބުނެފައިވަނީ ޕްރައިމަރީ ދެން އޮންނާނީ ފެބުރުވަރީ 17 ވަނަ ދުވަހު ކަމަށެވެ. ޕްރައިމަރީގައި ވޯޓުލުން އޮންނާނީ އެދުވަހު 2:30 އިން ރޭގަނޑު 7:30 އަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. "އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީވަނީ، 17 ފެބްރުވަރީ ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށް ބާއްވާ ގޮތަށް ފަސްކުރެވިފައެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ