އިދިކޮޅު ފަރާތްތަކާ އެއް ގަލަށް އެރުމުގެ ކުރިން، ރައީީސް މައުމޫން ވަނީ އިތުބާރެއްގެ ގޮތުގައި 100،000 ޑޮލަރު ލިބެން ޖެހޭނެ ކަމަށް ރައީސް ނަޝީދަށް ދަންނަވާފައި ކަމަށާއި، އޭގެ ތެރެއިން 50،000 ޑޮލަރުގެ ރައީސް ނަޝީދު ވަނީ ރައީސް މައުމޫނަށް ދެއްވާފައި ކަމަށް އެނގިފައިވާ ކަމަށް އަލްޖަޒީރާއިން މިރޭ ބުނެފިއެވެ.
ސްޓީލިންގ ޕެރަޑައިސް ގައި ނުހިމަނާ ހުރި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކަތައް ހާމަކޮށް، ވިލް ޖޯޑަން މިރޭ އަލްޖަޒީރާ ވެބްސައިޓްގައި މިރޭ ޝާއިޢުކުރި ލިޔުމެއްގައި ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކާ ގުޅުމުގެ ވާހަކަ ރައީސް މައުމޫނުގެ އަރިހުގައި ރައީސް ނަޝީދު އެންމެ ފުރަތަމަ ދައްކަވާފައި ވަނީ މިއަހަރުގެ ކުރީކޮޅު ކަމަށެވެ.
ވިލް ޖޯޑަންގެ ލިޔުމުގައި ވާގޮތުން ރައީސް މައުމޫން ވަނީ މަޝްވަރާތައް ކުރިޔަށް ގެންދިޔުމުގެ އިތުބާރެއްގެ ގޮތުން ރައީސް ނަޝީދުގެ އަތުން ފައިސާ ހޯއްދަވާފައެވެ. ނަމަވެސް، ފައިސާ ދެއްވި ކަމަށް ރައީސް ނަޝީދު އިންކާރު ކުރެއްވި ކަމަށާއި ރައީސް މައުމޫން އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވި ކަމަށް ވިލް ޖޯޑަން ބުނެފައިވެއެވެ.
ވިލް ޖޯޑަންގެ ސްޓީލިންގ ޕެރަޑައިސް ރިޕޯޓްގައި މިފަދަ ވާހަކަތައް ހިމަނާފައެއް ނުވެއެވެ.
އިދިކޮޅު އިއްތިހާދާ ގުޅުމަށްޓަކައި މައުމޫން ވަނީ ނަޝީދުއަތުން 50،000 ޑޮލަރު ހޯދާފައި - އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ