ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މިނިސްޓަރުންގެ ތެރެއިން ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު އައްޔަންކުރައްވައިފި އެވެ.
އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ މުޅިއެކު ނުވަ މެމްބަރުންނެވެ. އެއީ މިއަދު އައްޔަނު ކުރެއްވި މިނިސްޓަރު ޒުހޫރާއެކުގައެވެ.
މިއަދު މިނިސްޓަރު ޒުހޫރު އައްޔަން ކުރެއްވިއިރު އެލްޖީއޭގެ ބޯޑަށް ކުރިން ހަމަޖައްސަވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ނަމަވެސް އުމަރު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން އެ މަގާމުގެ އިތުރުން އޮތޯރިޓީގެ ރައީސަށް އެއްވެސް ފަރާތެއް ނެތެވެ.
އެލްޖީއޭގެ ރައީސްކަން މީގެ ކުރިން މުޅިންވެސް އަދާކުރަމުން އައީ މިނިސްޓަރުންނެވެ. އެ އޮޓޯރިޓީއަށް ރައީސް އެއް ހަމަޖައްސާނީ ބޯޑުން ވޯޓު ނަގައިގެންނެވެ.
މަޖިލީހަށް ޖަވާބުދާރީ ވުމަށްޓަކައި އެލްޖީއޭގެ ބޯޑަށް ވަޒީރަކު އައްޔަނު ކުރަންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.
މިނިސްޓަރު ޒުހޫރު އެލްޖީއޭގެ ބޯޑަށް އައްޔަނުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ