ޖޭއެއްސީގެ ރައީސްގެ މެންބަރަކަށް ރޭނިސް ސަލީމް

ޖުޑީޝިއަލްސާވިޝަސް ކޮމިޝަން (ޖޭއެއްސީ)ގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކަށް މުހަންމަދު ސަލީމް (ރޭނިސް ސަލީމް) މިއަދު އައްޔަންކޮށްފި އެވެ.
ސަލީމަށް އެ މަގާމުގެ ފަތްކޮޅު ހަވާުލުކުރުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފަތްކޮޅު ހަވާލުކުރުމުގެ ކުރިން ސަލީމް ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ޖޭއެއްސީގެ މެންބަރުކަމުގެ ހުވާކުރައްވާފަ އެވެ.
ޖޭއެއްސީގެ މެންބަރަކަށް އައްޔަންކުރެއްވީއިރު ސަލީމް އަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު މުހަންމަދު ނާޒިމްގެ ގާނޫނީ ވަކީލުކަންވެސް ވަނީ ކުރައްވާފަ އެވެ. އަދި އޭނާވަނީ ގާނޫނީ ދާއިރާގައި 17 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފަ އެވެ. އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި އެޓާނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރު ކަމުގެ މަގާމާއި ޕުރޮސިކިއުޝަންގެ އިސްވެރިޔާގެ މަގާމުހިމެނެ އެވެ. އަދި ޕޮލިސް ކޯޓުގައިވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވާފަ އެވެ.
ސަރުކާރުގެ ސްޕޯކްސްޕާޝަން އައްބާސް އާދިލް ރިޒާ މީގެ ކުރިން ވިދާުވެފައިވަނީ ޖޭއެއްސީއަށް ރައީސް މެންބަރަކު އައްޔަންކުރީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ