މަހްޒޫމްގެ ހިތްފަސޭހަ މާލެ: ތަފާތު ތަފްސީލް މެނިފެސްޓޯއެއް

މާލެއަށް ފަހި ހަރުދަނާ ސިޔާސަތުތައް ހިމެނޭހެން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓު އަލްއުސްތާޛު ޢަބްދުالله މަޙްޒޫމް މާޖިދުގެ މެނިފެސްޓޯ ނެރެފިއެވެ. މިފަހަރުގެ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޒުވާން ކެންޑިޑޭޓް، މަހްޒޫމްގެ މެނިފެސްޓޯގައި ޒުވާނުންނަށް ޚާއްސަކޮށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިހާރު މާލެއަށް މަދު އެއްތަނަކީ ޒުވާން ސްޕޯޓްސް ކޮމިއުނިޓީއަށް އެ މީހުންގެ ހުނަރު ތަރައްގީކުރާނެ ތަނެއް ކަމަށް މަހްޒޫމްގެ މެނިފެސްޓޯގައި ވަނީ ބުނެފައެވެ. މެނިފެސްޓޯގައި ޒުވާނުންނަށް ޚާއްސަ: ކާނިވަލް އަލުން ހުޅުވުން ކަލްޗަރަލް އެންޑް ޓްލެންޓް ޑިވެލޮޕްމެންޓް ސެންޓާސް ސްޕޯޓްސް ޑިވެލޮޕްމަންޓް ސެންޓާ ހުޅުވުން މަހުޒޫމްގެ މެނިފެސްޓޯގައި އެކަޑަމީތަކަށް ބެލިނަމަވެސް އެ މީހުންގެ ކުޅިވަރު ކުރިއަރުވާނެ ރަނގަޅު ފެންވަރުގެ އެއްވެސް ތަނެއް ނެތްކަން ފާހަގަކޮށްފައި ވާއިރު، ކުޑަ މުއްދަތެއްގައި ބޮޑު އަގުދީގެން ކުޅޭނެ ދަނޑު ނަގައިގެން ކުޅިވަރު ތަރައްޤީކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީއޭގެ ކެންޑިޑޭޓް އަލްއުސްތާޛު ޢަބްދުالله މަޙްޒޫމް މާޖިދު -- އެހެންކަމުން މުޅި ޖުމްލަ ގޮތެއްގައި މާލޭގެ ދުޅަހެޔޮކަމާއި މާލެ ރަށްވެހިންގެ ފުދުންތެރިކަމަށް، މާލޭގެ އިހުސާސް އާއި ސަގާފަތް ދިރުވަންޖެހޭކަމަށް މެނިފެސްޓޯގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އޭނާ އިންތިޚާބު ވެއްޖެނަމަ މާލޭގެ ކާނިވަލް ސަރަހައްދު އަލުން ހުޅުވައި ކަލްޗަރަލް އެންޑް ޓްލެންޓް ޑިވެލޮޕްމަންޓް ސެންޓަރުތައް ގާއިމްކޮށް، ސްޕޯޓްސް ޑިވެލޮޕްމަންޓް ސެންޓަރު ހުޅުވުމަށް ވަނީ ނިންމާފައެވެ. މަހުޒޫމްގެ މެނިފެސްޓޯގައި ވަނީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށްވެސް އަލިއަޅުވާލާފައެވެ. ބޯހިޔާވެހިކަމުގެ ސްކީމަކަށް ހުޅުވާލުމުން ރައްޔިތުން އެ ސްކީމްއަކަށް ފޯމު ހުށަހަޅަންޖެހޭކަމަށާއި، އެހެން ކަންތައްތައް އޮތުމުން އޮޅުވާލައިގެން ވަގު ލިޔެކިޔުން ހުށަހަޅައިގެން، މާލޭގައި ދުވަހަކު އުޅެފައިނުވާ މީހުންނަށް ސޯޝަލް ހައުސިން ދީފައި ވާކަން މެނިފެސްޓޯގައި ވަނީ ފާހަގަކޮށްފައެވެ. މަހުޒޫމްގެ މެނިފެސްޓޯގައި ވަނީ މިފަދަ ކަންކަމަކީ ހައްލު ނުވާނެ ކަންކަން ނޫންކަމަށާއި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަންކަން ނުވާންވީ ސަބަބެއް ނެތްކަމަށް ބުނެފައެވެ. އެހެންކަމުން މުނިސިޕަލްގެ "އޮޓޯމޭޓެޑް ސެލެކްޝަން" ނިޒާމަކަށް ބޯހިޔާވަހިކަމުގެ ސްކީމްތައް ބަދަލުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. މީގެ އިތުރުންވެސް މެނިފެސްޓޯގައި ވަނީ މުހިންމު ކަންތައްތަކަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މާލޭގެ މަގުތަކުގައި ޒަމާނުއްސުރެ ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމާއި، އަދުގެ މާލެއަކީ ތޮއްޖެހިފައިވާ އުނދަގޫ ބޮޑު، ތަކުލީފު ބޮޑު ތަނަކަށް ވީހިނދު، މި މާލެ ހިތްފަސޭހަ ތަނަކަށް ބަދަލުކުރުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. މާލޭގެ މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމަށް: މަގުތަކުގެ ޓްރެފިކް ފްލޯއާމެދު ދިރާސާކުރެވި ދުއްވާ މަގުތަކާ، ހިނގާ މަގުތަކެއް ކަނޑައެޅުން. މަގުގައި ހުރި ޓެކްސީ ޒޯން ތަކާއި، އޮފްލޯޑް އަދި އަންލޯޑިންގ ޒޯންތަކުގެ ބޭނުންކުރުމުގެ ޤަވާއިދު ތަންފީޒުކުރުން. ވިޔަފާރިތައް އެއްތަންކޮށް މޯލް ކޮންސެޕްޓް ޑިވެލޮޕްކުރުން. ޕަބްލިކް ޓްރާންސްޕޯޓް ރަނގަޅުކުރުން. މަގުތަކުގެ ކުރެހުންތައް ދިރާސާކުރެވި ރަނގަޅުކޮށް، ބާރަށް ދުއްވާ މަގުތަކުގައި ހުރި ކަފިހިހުރަސް ތަކަށް ސްމާޓް ޓްރެފިކް ލައިޓް ހަރުކުރުން. މި ކަންތައްތަކުގެ އިތުރުން މާލޭގައި ޒަމާނީ ޕާކިން ކޮންޕްލެކްސް އެޅުމަށްވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. މާފަންނު ސަހަރާއަށް ބަލާފިނަމަ، އެއީ ޖުމްލަ 36،000 އަކަފޫޓު ކަމަށާއި، އެތަނުގައި ރަނގަޅު ޕާކިން ލޭނު ހިމަނައިގެން، ފުލޯއެއްގައި 106 ނޫނީ 120 ކާރު ޕާކު ކުރެވޭނެ ކަމަށް މެނިފެސްޓޯގައި ވަނީ ބުނެފައެވެ. މެނިފެސްޓޯގައި ވިހެއިންސުރެ މަރުވުމާ ހަމައަށް ސިޓީ ކައުންސިލުން ބޭނުންވާ ހިދުމަތްތައް އެއްތަނަކުން ލިބޭނެ 'މާލެ ޕޯޓަލް' ތައާރަފްކުރުމަށް ވަނީ ނިންމާފައެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ސިޓީ ކައުންސިލް އަދި ދައުލަތުން ބޭނުންކުރަންޖެހޭ ހިދުމަތްތައް ބޭނުންކުރުމަށް ހިލޭ ވައިފައި މުޅި މާލެއަށް ލިބޭނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މާލެއަށް ދިމާވެފައިވާ މައްސަލަތަކާއި ހައްލުކުރަންޖެހޭ ކަންތައްތައް ހިމެނޭ ގޮތަށް މަހުޒޫމްގެ ކެމްޕެއިން ލަވައެއްވެސް ވަނީ ނެރެފައެވެ. މާލޭގައި މިއަދު ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ ކޮރަޕްޝަންގެ ސަބަބުން ސިޓީގެ މެނޭޖުމަންޓު ބަލިކަށިވުމުގެ މައްސަލަ ކަމަށް މަހްޒޫމް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުން ތަމްސީލުކުރުމުގެ ނިޒާމެއްގެ ގޮތުގައި އޮތް ރިޔާސީ ނިޒާމު ވޯޓު ގަނެ ވިއްކާ ބާޒާރަކަށް ބަދަލުވެފައިވާ ކަމަށް އޭނާވަނީ ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ