ހއ. އުތީމު ޕޮލިސް ސްޓޭޝަންގެ އިންޗާޖް އެރަށު އަންހެން ކުއްޖަކާއެކު އޮޑި ހަރުގެއެއްގެ ބިއްދޮށުގައި ހުއްޓާ ފެނުމުން ރައްޔިތުން އެއްވެއްޖެއެވެ.
ވަގުތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ރަށުގެ ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އޭނާ އެރަށުން ބޭލުމަށް ގޮވާލާފައެވެ.
އެނގިފައިވާގޮތުގައި، ހއ. ދިއްދޫ ގައި ތިބޭ ފުލުހުންގެ ތެރެއިން 15 ފުލުހަކު މިހާރު ވަނީ އުތީމަށް ގޮސްފައެވެ. އަދި އެ ސަރަހައްދުން، 100 ފޫޓް ދުރަށް ރައްޔިތުން ޖެއްސުމަށްފަހު، އެ ފުލުސް މީހާ ގެންގޮސްފައެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ދިއްދޫ އިން އިތުރު ފުލުހުން އެ ރަށަށް (އުތީމަށް) ގޮސް ހަރަކާތްތެރިވަމުން ދާކަމަށާއި އެކަމާ ގުޅިގެން ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.
ވަގުތަށް އެނގިފައިވާ ގޮތުގައި، ފުލުސް މީހާ އަންހެން ކުއްޖަކާއެކު ހުރި ކަމަށް ވަނީ އޮޑި ހަރުގެއެއްގެ ބިއްދޮށުގައެވެ. އެ އަންހެން ކުއްޖާއަކީ 18 އަހަރު ނުފުރޭ ކުއްޖެއްކަން ނުވަތަ ނޫންކަން އަދި ސްކޫލް ދަރިވަރެއްކަން ނުވަތަ ނޫންކަން ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.
އުތީމު ޕޮލިސް ސްޓޭޝަންގެ އިންޗާޖް، ހަރުގެއެއްގެ ބިއްދޮށުގައި އަންހެންކުއްޖަކާއެކު ހުއްޓާ ރައްޔިތުން އެއްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ