ސުޕްރީމް ކޯޓްގައި ހިޔާނާތުގެ ގިނަ މައްސަލައުޅޭ ކަމުގެ ހެކި އެބަހުރި: ހަސީން

ސުޕްރީމް ކޯޓްގައި ހިޔާނާތުގެ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަންކަމުގެ ފުރިހަމަ ހެކި އެބަ ހުރި ކަމަށް ގާނޫނީ ވަކީލު އަދި އަދި ރިޔާސީ ކޮމިޝަންގެ ތަރުޖަމާނު އަބްދުﷲ ހަސީން ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ވާހަކަ ދައްކަވަމުން ހަސީން ތުހުމަތު ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރަކު ކޯޓްގެ ބޭނުމަށް ދީފައިވާ ފޯނަކުން 25000ރ. ގެ ކްރެޑިޓް އެކި މީހުންނަށް ވަނީ ޓްރާންސްފާ ކޮށްދީފައެވެ. އަދި އެނޫން ވެސް ގިނަ ކަންތައްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން ގަވައިދާ ހިލާފަށް މުވައްޒަފުން ތަކެއް ވަކިކޮށްލާފައިވާ ކަމަށާއި އެމައްސަލަ، އެމުވައްޒަފުން ލޭބަ ޓްރައިބިއުނަލަށް ހުށައަޅަން އުޅުމުން ޓްރައިބިއުނަލަށް ސުޕްރީމް ކޯޓުން ބިރުދައްކަފައިވާ ކަމަށް ވެސް ހަސީނު ތުހުމަތު ކުރެއްވިއެވެ. ހަސީނަކީ ދިވެހި ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގައި 10 ދުވަސް ވަންދެން ވަކާލާތު ކުރެއްވުމަށް ވަޑައިނުގެންނެވޭ ގޮތަށް ސުޕްރީމް ކޯޓުން ކުރިން ނިންމެވި ވަކީލެކެވެ.
ސްޕްރީމް ކޯޓާ ގުޅޭ މައްސަލަތަކެއް އޭސީސީއަށް އެކި ފަރާތްތަކުން ހުށައަޅާފައިވާ ކަމަށާއި އެމައްސަލަތައް އަންނަނީ ބަލަމުން ކަމަށް އޭސީސީގެ މެމްބަރަކު މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ