ވަގަށް ނަގާފައިވާ ކަރަންޓު ނަރު ރޯލުތަކެއް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ނަރު ރޯލުތަކެއް ވިއްކަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ނަރު ރޯލުތައް ވިއްކަން މަސައްކަތްކުރަމުންދަނިކޮށް އެވަގުތު ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް ފެނުމާއި ގުުޅިގެން މިއަދު 11:15 ހާއިރު ހުޅުމާލެއިން ހުޅުލެއަށް ދާން އޮންނަ މަގުން ކަމަށް ފުލުހުން ވިދާޅުވި އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހާއަކީ، 8 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 5 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ. އަދި އޭނާއަކީ މަސްތުވާތަކެއްޗާއި ބިރުދެއްކުމާއި ވައްކަންކުރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ