ޑިމޮކްރަސީއަކީ ނަމެއްގައި އޮންނަ އެއްޗެއް ނޫން ކަމަށާއި، ބޭނުންވަނީ ނަތީޖާކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީގައި ހުރި ފޫނުބެދޭ ކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމު ކުރުމަށް ދަތިވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނު ތަކަކީ ބޭރުގެ ޤާނޫނުތަކުގެ ތަރުޖަމާ ނުވަތަ އެ ޤާނޫނުތައް މިސާލަކަށް ބަލައިގެން ހަދާފައިވާ ޤާނޫނުތައް ކަމަށެވެ،
"މި ގައުމަށް ޑިމޮކްރަސީގެ ނަމުގައި އިމްޕޯޓްކޮށްފައިވާ ގާނޫނުތައް ކޮށައި، މަށައި މި ގައުމަށް ހެޔޮވަރުކޮށް ގާނޫނުތައް ހަދައިގެން ނޫނީ ޑިމޮކްރަސީގެ ފޮނި މީރު ކަމެއް އަޅުގަނޑުމެންނަށް ނުލިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ރުކުނަކީ ރައްޔިތުންށް އަމާން، ރައްކާތެރި ދިރިއުޅުމެއް ލިބިދިނުން ކަަމަށާއި، މުޅި މުޖުތަމައުގެ ފައިދާއަށްޓަކައި ޑިމޮކްރަސީއިން ދޭ މިނިވަން ކަން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ހަނި ކުރުމަކީ ކޮންމެ ދައުލަތެއްގައިވެސް ކުރަން ޖެހޭ އަދި ކުރަމުން އަންނަ ކަމެއް ކަމަށެވެ.
"އެއީ އެންމެ ބޮޑެތި ޑިމޮކްރަސީތަކާއި އެންމެ ކުދި ޑިމޮކްރަސީތަކުގައިވެސް ރައްޔިތުންގެ މައްޗަށް ޒިންމާދާރުވާ މަސްއޫލުވެރިން ކަން ކުރަމުން ގެންދާ ގޮތް. މިކަމުގައި ހުޅަނގެއް، ދެކުނެއް، މެދުއިރުމައްޗެއް ތަފާތެއް ނެތް،" މިނިސްޓަރ ވިދާޅުވިއެވެ،
މިނިސްޓަރ އިތުރަށް ވިދާޅުވީ ޑިމޮކްރަސީއަކީ އަދި ގާނޫނު އަސާސީގެ ބޭނުމަކީ، ގާނޫނުތަކުގެ ބޭނުމަކީ ވެސް ރައްޔިތުންނަށް ބާއްޖަވެރި ހަޔާތެއް ހޯދައިދިނުން ކަމަށާއި، އަމާންކަމަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ރުކުން ކަމަށެވެ.
މިނިސްޓަރގެ ވާހަކައިގައި ވަނީ ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތައް އޮތް ޤައުމުތަކުގައި އަމަންއަމާންކަން ޤާއިމު ކުރުމަށް އަމަލު ކުރަމުން އަންނަ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
"ގުއަންޓަނާމޯބޭގެ އެތައް ބަޔަކު ހައްޔަރު ކޮށްފައިވަނީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފަސް. މިއިން އެނގެނީ ގައުމުތަކުން ބޭނުންވަނީ އަމާންކަން ކަން. މުހިންމީ ޑިމޮކްރަސީގެ ނަމެއް ނޫން، މުހިންމީ ޑިމޮކްރަސީގެ ނަތީޖާ،" މިނިސްޓަރ ވިދާޅުވިއެވެ،
މިނިސްޓަރގެވަނީ ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކަކީ ތަފާތު ޤައުމުތަކަކަށް ވުމުން، ޑިމޮކްރަސީގެ ތެރެއިންވެސް އަދި އެހެން ސަގާފަތްތަކުން ނަކަލުކޮށްފައިވާ ޤާނޫނު އަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވައި، އެކަނަންކަން އިސްލާހުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ، އުމަރު ވިދާޅުވީ މިއަދު މި މަސައްކަތް ނުކޮށްފިނަމަ، މި ޤައުމު އެފިށް މިފުށަށް ޖެހި، ޖީލުތަކަކަށް ހަލާކުވެ އޮޔާ ބެހިގެން ހިނގައިދާނެ ކަމަށެވެ.
"މި ފަދަ މާސިންގާ ހުޅުވުންތައް ރާއްޖެ ނެރެދިން ނަތީޖާއަކަށްވީ މުޅި މުޖުތައު ރޫޅި ކުދިކުދި ވުން، ރަށް ރަށުގައި ހިމޭން ކަންމަތީ ދިރިއުޅުނު އާއިލާތައް ފިތުނައިގައި ހަނާވުން. ކޮންމެ ރަށެއް އެތައް ބަޔަކަށް ބައިބައިވެ ފޮތިފޮތިވުން،" އުމަރު ވިދާޅުވިއެވެ،
އުމަރު ވިދާޅުވީ ސަލާމަތާ އަމަން އަމާންކަމަށް ޑިމޮކްރަސީގެ އުސޫލުތަކުގެ އަކުރުތަކުގައި ހިފާނީ އޭގެ ފަހުން ކަމަށެވެ.
ޑިމޮކްރަސީގެ ބޭނުމަކީ ނަމެއް ނޫން، ބޭނުންވަނީ ނަތީޖާ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ